ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާޔާ އެއާލައިނުން ވީއައިއޭއަށް ކާގޯ ދަތުރުތައް ފަށައިފި

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާޔާ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ކާގޯ ދަތުރުތައް ފަށައިފިއެވެ.

މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ހަފްތާއަކު ދެ ދުވަހު ދަތުރު ކުރާއިރު، މި ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓު ފަހަރު ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭއިރ މިއީ މެލޭޝިއާއިން ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ.

މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި ”ޓެލެޕޯޓް“ އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ ހިދުމަތާއެކު އާ ފުރުސަތެއް ހުޅުވިފައިވާ ކަމަށާއި މި ދަތުރުތަކާއެކު، ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު މިހާރު ގަވާއިދުން މުދާ އުފުލޭނެ ކަމަށާއި މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން އެމްއެލްއީގެ ދައުރު އިތުރަށް ވަރުގަދަވެ، ކާގޯ ގުޅުވައިދޭ ހަބަކަށް ވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އަދި މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވި ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ރާޔާ އެއާވޭސްއަކީ އެމްއެލްއީ އަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ.

ޖެނުއަރީ އިން ޖުލައި 2026 ގެ ނިޔަލަށް އެމް.އެލް.އީ އިން ވަނީ ގިނަ ކާގޯތަކެއް ހެންޑްލްކޮށްފައެވެ. އެއީ 390 ކާގޯ ދަތުރު މެދުވެރިކޮށެވެ. މުޅިއެކު 3,228 ޓަނުގެ ކާގޯ ހެންޑްލްކުރެވުނެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ މުހިންމު މަންޒިލްތަކަކާ ގުޅުވާލެވިފައެވެ. އޭގެ ތެރޭގައި ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ހިމެނެއެވެ. 2025 ވަނަ އަހަރުވެސް ގިނަ ދަތުރުތައް ކުރިއެވެ. އެއީ 518 ކާގޯ ދަތުރެވެ. އަދި 4,300 ޓަނަށްވުރެ ގިނަ ކާގޯ ހެންޑްލްކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: