ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރަކަށް ޖަމީލާ އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

ޖަމީލާ އަލީ ހާލިދު. ފޮޓޯ: ސަން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ސަފީރުކަމަށް ނަން ފޮނުއްވި ޖަމީލާ އަލީ ހާލިދަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ޖަރުމަނުވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ.

ހާރިޖީ ދާއިރާގެ އިތުރުން ޖަމީލާ ވަނީ ތައުލީމީ ދާއިރާގައާއި ދައުލަތުގެ މީޑިއާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: