ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގައިގެން ލިބޭ ފައިސާ ވަންނާނީ ރައީސް މުއިއްޒުގެ ޖީބުފުޅަކަށް ނޫން: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގައިގެން ލިބޭ ފައިސާ ވަންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޖީބުފުޅަށް ނޫން ކަމަށާއި، މިކަމުގެ ސަބަބުން ފައިދާ ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މިއީ ވަކި މީހެއްގެ ޖީބަކަށް ނުވަތަ ވަކި މީހަކު މޮޅުވާ ގޮތަށް ހުށަހެޅި އިސްލާހުތަކެއް ނޫން ކަމަށެވެ. އަދި މިއީ ގައުމުގެ ހަޒާނާއަށް ފައިސާ އިތުރުވެ، ހުރިހާ ރައްޔިތުންގެ މަންފާއަށް ގެނެވޭ ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ބިލުތައް ކޮމެޓީ މަރުހަލާގައި ދިރާސާކުރާއިރު، ކަމާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުން ހާޒިރުކޮށް އެ ބޭފުޅުންގެ މަޝްވަރާއާއި ލަފާ ހޯދާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަކީ ވިޔަފާރިވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ނެތި ގާނޫނުތަކަށް އިސްލާހު ނުގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

”މިއީކީ އަޅުގަނޑަކަށް، އިއްޒަތްތެރި ރައީސަކަށް ނޫނިއްޔާ ސަރުކާރަކަށް ނޫނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ޖީބުފުޅަށް ވަންނަ ފައިސާ އިތުރު ކުރާކަން ނޫން މި އުޅެނީ، ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް ގެެނެވޭ އިސްލާހުތަކެއް މިއީ،“ ފަލާހު ވިދާޅުވިއެވެ.

މީގެއިތުރުން، މި ބިލުގެ ދަށުން ތައާރަފްކުރާ ޓެކްސްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ނަގަމުންދާ ޓެކްސްތަކެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި އެކަން ނުކުރަންވީ ސަބަބަކާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިފަދަ އިސްލާހުތަކާ ދެކޮޅަށް މަޖިލީހުގައި ބަހުސްކުރައްވާ މެންބަރުން އެކަމާ މެދު ފުންކޮށް ވިސްނާވަޑައިގަތުމަށްވެސް ފަލާހު ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: