ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭއިން އެދިގެން ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގުތިސާދީ ހާލަތާއި މަނިޓަރީ ސިޔާސަތުގެ ދަށުން މަރުކަޒީ ބޭންކު އެމްއެމްއޭން އަޅައިފައިވާ ފިޔަވަޅުތައް ހިއްސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި މަނިޓަރީ ސިޔާސަތުގެ ދަށުން އެމްއެމްއޭން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމެވެ. މި ބައްދަލުވުން ކޮމިޓީން ބާއްވަން ނިންމީ އެމްއެމްއޭއިން އެދިގެންނެވެ.

ކޮމިޓީ ސިއްރުކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސެވެ. އަދި މި ހުށައެޅުމަށް ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު  ތާއީދު ކޮށްފައިވާއިރު މި ހުށައެޅުން ފާސްކުރީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، އާމްދަނީގެ %20 މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. އަދި އެ އިސްލާހު ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް އެ ދުވަހު ފޮނުވި އެވެ.

ފުރަތަމަ ކޮމިޓީން ނިންމީ ޖެހިގެން އައި ދުވަހު އެ ބިލުގެ މަސައްކަތްތައް ނިންމާލުމަށެވެ. ނަމަވެސް އެ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލުގެ މަސައްކަތް މިއަދުގެ ނިޔަލަށް އިތުރުކުރި އެވެ.

ސަރުކާރުން އިސްލާހު ހުށަހެޅީ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލުމަށެވެ. އެހެންކަމުން، މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމާ އެކު، ރިސޯޓުތަކުން ދެން މާރު ކުރަން ޖެހޭނީ އެ ތަނަކަށް އެ މަހަކު ލިބޭ އާމްދަނީގެ %20 އެވެ.

މި ބަދަލާ އެކު، މަތީ ފަންތީގެ ރިސޯޓުތަކުން މާރު ކުރަން ޖެހޭ ޑޮލަރުގެ ނިސްބަތް މަތިވާނެ އެވެ. ގާނޫނުގައި ހުރިހާ ފަންތިއެއްގެ ރިސޯޓުތައް ވެސް ބަލަނީ ’ކެޓަގަރީ އޭ’ގެ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ގޮތުގަ އެވެ. ދެން ހިމެެނެނީ ’ކެޓަގަރީ ބީ’ގެ ޓޫރިސްޓް ހިދުމަތްދޭ ތަންތަނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: