ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް ބޮޑުކުރަން އިސްލާހެއް!

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ކަނޑާ ވިތްހޯލްޑިން ޓެކްސްގެ ރޭޓު ދެގުނައަށް ބޮޑުކުރުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މި އިސްލާހުގެ މައިގަނޑު ބޭނުމެއްކަމަށް ބުނެފައި ވަނީ ރާއްޖޭގައި ކުރިއަށްދާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ވާދަކުރުމުގެ ފުރުސަތު، ދިވެހި ކުންފުނިތަކަށާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ބޭރުގެ ފަރާތްތަކަށް ހަމަހަމަކަމާއެކު ފަހިކޮށްދީ، އަދުލުވެރި ވިޔަފާރީގެ ވެއްޓެއް ގާއިމުކުރުމެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުގައި، މިހާރު ގާނޫނުގައި އޮންނަ 5 އިންސައްތައިގެ ބަދަލުގައި، ދެން އެފަދަ ފަރާތްތަކަށް ދައްކާ ފައިސާގެ 10 އިންސައްތަ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ކަނޑައި، ދައުލަތަށް ދައްކަންޖެހޭނެއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ބުނެފައި ވަނީ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ނެގޭނީ ފަސް އިންސައްތަ ކަމަށެވެ. މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ، އެފަދަ ފަރާތްތަކަށް ދައްކާ ޖުމްލަ ފައިސާގެ 10 އިންސައްތަ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ގޮތަށް ބަދަލުކުރުމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ދާއިމީ މަރުކަޒެއް ހިންގާ ނޮން ރެޒިޑެންޓް ފަރާތްތަކުން މި ޓެކްސް ދެއްކުމުން، އެ އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ޓެކްސް ފުރިހަމަވީކަމަށް ބަލައި، ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރެއިން އެ އަދަދު އުނިކުރުމާ ގުޅޭ އުސޫލުތައް އިތުރަށް ސާފުކުރުމަށްޓަކައި އެ މާއްދާއަށް ދެ އަކުރެއް އިތުރުކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

އެގޮތުން ގާނޫނުގެ 27 ވަނަ މާއްދާއާއި 55 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. 27 ވަނަ މާއްދާގެ (ރ) އަށް ދެ އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައިވާއިރު، އޭގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒުތައް މެދުވެރިކޮށް ހޯދާ އާމްދަނީން ވިތްހޯލްޑިން ޓެކްސް ދައްކާފައިވާނަމަ، އެ ފައިސާއަކީ އެ އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ފުރިހަމަ ޓެކްސްގެ އަދަދު ކަމުގައި ކަނޑައެޅުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ނުހިމެނޭނެ ގޮތް ހެދުންކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: