ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ޑިންގީ ބަނދަރަކާ، ބީޗެއް ތަރައްގީ ކުރަން ސަރުކާރުން ނިންމިއިރު އެމްޑީޕީ މެޖޯރިޓީ އޮތް ސިޓީ ކައުންސިލް ހަނު!

މާލޭގެ މޭޔަރު އާދަމް އާޒިމްއާއި، އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދީ، ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކަށް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ މުހިންމު ޤާނޫނެކެވެ. ނަމަވެސް، ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ޑިންގީ ބަނދަރަކާއި މޫދަށް އެރޭނެ ބީޗެއް ހިމެނޭހެން ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ކުރިއަށްގެންދަން ނިންމިއިރު، މާލެ ސިޓީ ކައުންސިލުން އެކަމުގައި ހަނުހުރުމަކީ ގިނަ ބައެއްގެ ސަމާލުކަމާއި ކަންބޮޑުވުން އަމާޒުވެފައިވާ މައްސަލައެކެވެ.

ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ޑިންގީ އެޅުމުގެ ދަތިކަމާއި ގިރާ ސަރަޙައްދުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ޙައްލެއް ނުލިބި އޮތް ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލައަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ހައްލެއް ހޯދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާކަން މިވަނީ ސާބިތުވެފައެވެ. ސަރުކާރުން މަސައްކަތް ފެށީއެވެ. މިއަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ ވިލިމާލޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ނަމަވެސް މި މަޝްރޫޢުގެ މުހިންމުކަން ބޮޑުވި ނަމަވެސް، މިއީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބަނދަރާއި ބިންތަކާ ގުޅޭ ކަމެކެވެ. ސަރުކާރުން މި މަޝްރޫޢު އެކަށައަޅައި ކުރިއަށްގެންދަން ނިންމީ ސިޓީ ކައުންސިލާ އެކަށީގެންވާ މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ވާހަކަ ދެކެވެއެވެ.

ލާމަރުކަޒީ ނިޒާމުގެ އަސާސަކީ ސިޓީގެ އެންމެހައި ވަސީލަތްތަކާއި ތަރައްޤީގެ ކަންކަން ކައުންސިލް މެދުވެރިކޮށް ހިންގުން ކަމަށްވާއިރު، މިފަދަ ބޮޑެތި ކަންކަމުގައި ކައުންސިލް ބައިވެރިނުކުރުމަކީ ޤާނޫނީ އިމުގެ ތެރެއިން ސުވާލު އުފެދޭ ކަމެކެވެ. ހާއްސަކޮށް އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން މިފަދަ މުހިންމު މައްސަލައެއްގައި އެއްވެސް ބަހެއް ނުބުނެ ހަނުހުރުމަކީ ކައުންސިލްގެ ބައެއް މެންބަރުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފައްދާފައިވާ ކަމެކެވެ.

ޚާއްޞަކޮށް މޭޔަރު އާދަމް ޢާޒިމް މިކަމުގައި އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހަނުހުންނަވާ ސަބަބާމެދު ސުވާލު އުފެދެއެވެ. މީގެ ކުރިން މާލޭގެ މަސްމާރުކޭޓުވެސް ކުއްލި ގޮތަކަށް ސަރުކާރާ ޙަވާލުކުރަން ނިންމި ފަދައިން، ކައުންސިލްގެ ބާރުތައް އެއްވެސް ދެކޮޅުވެރިކަމެއް ނެތި ދޫކޮށްލަމުންދާތީ، މިއީ ސިޔާސީ ނުވަތަ އަމިއްލަ މަޞްލަޙަތުތަކެއް ހިމެނޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

މާލެ ސިޓީ ކައުންސިލަކީ ހަމައެކަނި ސަރުކާރުގެ ނިންމުންތަކަށް ބޯލަނބައި މަޝްވަރާކޮށްލަން އޮންނަ ތަނަކަށް ވެގެން ނުވާނެއެވެ. ރައްޔިތުންގެ ޙައްޤުތަކާއި ކައުންސިލަށް ޤާނޫނުން ލިބިދީފައިވާ ބާރުތައް ދިފާޢުކުރުމަކީ މޭޔަރާއި އެންމެހައި ކައުންސިލަރުންގެ ޤާނޫނީ ޒިންމާއެކެވެ. ވިލިމާލޭގެ ތަރައްޤީއަށް ކުރެވޭ ކަންކަމަށް މަރުޙަބާ ކިޔުމާއެކު، ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކައުންސިލްގެ ޒިންމާދާރުކަން ސާބިތުކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: