ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭ ބަގީޗާގައި ހުރި ގަހަކަށް ބަޔަކު ގެއްލުންދެނިކޮށް ހުއްޓުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ވިލިމާލޭ ބަގީޗާ“ ތެރޭގައި ހުރި ގަހަކަށް ބަޔަކު ގެއްލުން ދެމުންދަނިކޮށް މާލެ ސިޓީ ކައުންސިލުން އެކަން ހުއްޓުވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި ގަސްތައް އިންދައި ބަލަހައްޓަމުންދާ ބަގީޗާ ސަރަހައްދުގައެވެ. ބަޔަކު އެ ތަނުގައި ހުރި ގަހަކަށް ގެއްލުންދީ، ގަސް ހަލާކުކޮށްލަން އުޅެނިކޮށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އެކަން ފާހަގަވެގެން ވަގުތުން އެކަން ހުއްޓުވައި، އެކަން ކުރި ފަރާތްތަކަށް ނަސޭހަތްތެރިވެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަޔަކު އެ ބަގީޗާއަށް ވަދެ އެ ގަހަށް ގެއްލުން ދެމުން ދަނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ވަނީ ބަޔަކު އެ ބަގީޗާއަށް ވަދެ އެ ގަހަށް ގެއްލުން ދެމުން ދަނިކޮށް ނަގާފައިވާ ފޮޓޮތަކެއްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

މިމައްސަލަ ފެންމަތިވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ހަމަ އެ ޕާކުގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ. ނިކަގަސް ކަނޑާލި މައްސަލައިގައި ސިޓީ ކައުންސިލުން ބުނީ އެ ގަސް ކަނޑާލުމުގައި ކައުންސިލްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

އެ ގަސް ކަނޑާލުމާ ގުޅިގެން, ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނިކަގަސް ކަނޑާލި މައްސަލައިގައި ކައުންސިލުން ބުނީ، އެ އަމަލު ހިންގި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެއީ ކޮން ބަޔަކު ކޮން މަގުސަދެއްގައި ކުރި ކަމެއްކަން އަދި ސާފުނުވާ ކަމަށެވެ.

ނިކަގަސް ކެނޑި މީހުން ވަނީ މަގު ބަންދުކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާކަން އަންގައިދޭ ބޯޑެއް ބަހައްޓައި، ފުލުހުން ބޭނުންކުރާ ކަހަލަ ރީނދޫ ކުލައިގެ ޓޭޕާއި ކޯން ބޭނުންކޮށްގެން އެ ސަރަހައްދު ބަންދުވެސް ކޮށްފައެވެ. ނިކަގަސް ކަނޑާލި ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އަނެއްކާވެސް ޕާކުތެރޭގައި ހުރި އިތުރު ގަހަކަށް ގެއްލުންދޭން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: