ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު މާލެ އޯޕަން 2026ގެ ރޭސް ކިޓްތައް މިއަދުން ފެށިގެން ދިރާގު ހެޑް އޮފީހުން ދޫކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް ކަމުގައިވާ ”ދިރާގު މާލޭ އޯޕަން“ގެ ރޭސް ކިޓްތައް މިއަދު، 18 އޮގަސްޓު 2026އިން ފެށިގެން ދިރާގު ހެޑް އޮފީހުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރި ގަދަ މުބާރާތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން ކުރިއަށްދާނީ 18 އިން 20 އޯގަސްޓް 2026 ގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްގެންދާ ”ޑީއެމްއޯ އެކްސްޕޯ“ ގައެވެ. މި ރޭސް ކިޓުގެ ތެރޭގައި މުބާރާތުގެ ރަސްމީ ޓީޝާޓާއި ސްވިމް ކެޕް ހިމެނެއެވެ.

ދިރާގު މާލެ އޯޕަން 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 21 އަދި 22 ގައި މާލޭގެ ރަސްފަންނު ސަރަހައްދުގައެވެ. ”ސްވިމް މޯލްޑިވްސް“ އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގައި 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ކެޓެގަރީތަކުގައި ފެތުންތެރިން ވާދަކުރާނެއެވެ. އަދި، މި އަހަރުގެ މުބާރާތަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވަނީ ތައާރަފްކޮށްފައެވެ. މިއީ ރައްޓެހިންނާއި، އާއިލާއާއެކު، ނުވަތަ ފަތާ ކްލަބުތަކަށް ނިސްބަތްވާ ފެތުންތެރިން އެކުގައި ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވުމަށް ލިބިގެންދާނެ ފުރުސަތެކެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: