ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންތަކަކަށް ޖިންސީ ޖޯނާކުރި ޓީޗަރަކު 15 އަހަރަށް ޖަލަށް

ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގުކުރުމަށް ގޮވާލައި މާލޭގައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ މީގެ ގާތްގަނޑަކަށް 10 އަހަރު ކުރިން، މާލެއިން ދެކުނުގެ ރަށެއްގެ ސްކޫލެއްގައި، އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި އިސްލާމް ޓީޗަރަކު، 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފިއެވެ.

މިއީ މީގެ ގާތްގަނޑަކަށް 10 އަހަރު ކުރިން، އެ އިސްލާމް ޓީޗަރު، ޖިންސީ ގޯނާ ކޮށްފައިވާ ކަަމަށް ތުހުމަތުކުރެވުނީ ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކަކަށެވެ. އެ މައްސަލައިގައި ދައުލަތުން އިސްލާމް ޓީޗަރުގެ މައްޗަށް އުފުލީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ޓީޗަރުގެ މައްޗަށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން މީގެ ކުރިން އޮތީ ހުކުމްކޮށްފައެވެ. ދަށު ކޯޓުން އެ މައްސަލަ ސާބިތު ނުވުމުން ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ 2024 ވަނަ އަހަރެވެ.

އެ މައްސަލައިގެ ޝަރިއަތުގައި އިސްލާމް ޓީޗަރުގެ ފަރާތުން ބުނެފައިވަނީ ދަރިވަރުންގެ ގައިގައި އޭނާ އަތްލާފައި އޮތްނަމަވެސް، އެއީ ޖިންސީ ނިޔަތެއްގައި ކުރިކަމެއްކަން ދައުލަތުން ސާބިތުކޮށް ނުދެވޭ ކަމަށެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި، ހެކިންގެ ގޮތުގައި ދަރިވަރުންގެ ބަޔާންތަކާއި، މެޑިކަލް ރިޕޯޓްތަކުގެ އިތުރުން ސްކޫލުގެ ލީޑިން ޓީޗަރާއި އެހެންވެސް ބައެއް މީހުންގެ ތަހުގީގު ރިޕޯޓްތައް ވެސް ހުށަހަޅައިފައެވެ.

މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސެއިން މަޒީރު، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: