ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕޯޓްސް ކޮމިޝަނަރު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް (ވ) : ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުލަބު ލެގޫންްސްގެ އިންތިޚާބުގެ މައްސަލައިގައި ނެރުނު އަމުރުތަކާ ހިލާފުވެ، ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތަލާލް ސިވިލް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކޮށްފައިވާ ކަމަށް، އެ މައްސަލަ ބަލައި ދިނުމަށް ކްލަބް ލެގޫންސްގެ އާންމު މެމްބަރުންތަކެއް ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.

ލެގޫންސް ކުލަބުގެ ހިންގުމާއި އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓުން ނެރެފައިވާ އަމުރުތަކަށް ސްޕޯޓްސް ކޮމިޝަނަރު އަމަލުކުރައްވާފައި ނުވާކަމަށް ބުނެ، އެ މައްސަލަ ހުށަހެޅީ އެ ކުލަބުގެ މެންބަރުން ކަމަށްވާ އަބްދުލް ވާހިދާއި އަހުމަދު އަލީއެވެ. އެ ދެ މެމްބަރުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސިވިލް ކޯޓުން ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް ނެރުނު އަމުރުތަކާ އެއްގޮތަށް އަަމަލުނުކޮށް އޭނާ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ.

ކުލަބުގެ ވައިބާ ގުރޫޕް މެދުވެރިކޮށް ބޭއްވި އިންތިހާބާއި، އެއަށްފަހު މެންބަރުން ވަކިކުރަން ނިންމި ނިންމުންތަކަކީ ޤާނޫނީ ގޮތުން ބާޠިލު ނިންމުންތަކެއް ކަމަށް 17 ޖޫން 2026 ގައި ސިވިލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ކުލަބުގައި މިހާރު އޮތީ ޤާނޫނީ ގޮތުން ޞައްޙަ ހިންގާ ކޮމިޓީއެއް ނޫން ކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު، ކުލަބުގެ ފައިސާ ބެލެހެއްޓުމުގައި ހުރި މައްސަލަތަކާ ގުޅިގެންވެސް ސިވިލް ކޯޓުން ވަނީ އަމުރުތަކެއް ނެރެފައެވެ.

އޭގެ ފަހުން އާންމުކޮށް އިޢުލާނުކުރުމެއް ނެތި ކުލަބުގެ އިންތިޚާބެއް ބޭއްވުމުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެއެވެ. އަދި އެ ހަމަނުޖެހުންތައް ހުއްޓުވަން އެތަނަށް ފުލުހުން ވެސް ދާން ޖެހުނެވެ.

ޤައުމީ ކުޅިވަރު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ސަރީޙަ އަމުރެއް އޮތްކަން ޤާނޫނީ ވަކީލުންގެ ފަރާތުން ސްޕޯޓްސް ކޮމިޝަނަރަށް އަންގާފައިވަނިކޮށްވެސް، އޭނާ ވަނީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އަމަލުތަކެއް ހިންގަވާފައި ކަމަށެވެ.

އެހެންކަމުން، ސްޕޯޓްސް ކޮމިޝަނަރުގެ އެ އަމަލުތައް ތަހުގީގުކޮށް، އޭނާއާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅައިދިނުމަށް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގައި އެ ކްލަބުގެ މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: