ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ނިޔަތަކީ ލާމަރުކަޒީ ނިޒާމު ފުނޑާލައި, ފިނި ކޮޓަރީގައި އަމުރު މައުރޫފު ހިންގޭނެ ގޮތް ހެދުން: ސައުދު

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނިޔަތަކީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ފިނި ކޮޓަރީގައި އަމުރު މައުރޫފު ހިންގޭނެ ގޮތް ހެދުން ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ސައުދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ފައްކާ ކުރުމަށްޓަކައި ފިރުކެންފެށި ދައުރުން ފެށިގެން މިއަދާއި ހަމައަށް އައިއިރު ސަރުކާރުތަކުން މަރުކަޒު ކުރުމަށްޓަކައި ހިފެހެއްޓުމެއް ނެތި އަދި ދޫ ދިނުމެއްނެތި ކުރަމުން އައި މަސައްކަތްތައް މި ސަރުކާރުން ކުރަމުން ގެންދަނީ އެއަށް ވުރެ ވެސް ބާރަށް ކަމަށެވެ. ސައުދު ވިދާޅުވީ ހަތަރު ވަނަ ދައުރުގެ ނިމުން ކައިރިވެފައި ވަނިކޮށް އެއް އަހަރު ދުވަސް ކައުންސިލްތަކުން ރައްޔިތުން އިންތިހާބު ކުރި މުއްދަތުން ސަރުކާރުން ނިގުޅައިގަތް ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވޭނެ ހުރިހާ ދޮރުތަކެއް ގާނޫނު ނިވާފަތް ގަނޑަކަށް ހަދައިގެން ހުއްޓުވީ ކަމަށް ސައުދު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާއަކަށް ސަރުކާރުގެ ނިންމުންތައް ނުހިފެހެއްޓިފައި ކައުންސިލްތައް ހިފެހެއްޓެންވީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

”ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ވެސް އިންތިހާބުކުރަނީ، ރައްޔިތުން ކައުންސިލްތައް ވެސް އިންތިހާބުކުރަނީ. ރައްޔިތުން ރައްޔިތުންގެ މަޖިލީސް މެމްބަރުންވެސް އިންތިހާބު ކުރަނީ. އެހެންވެއްޖެ ކަމުގައި ވަނީނަމަ، ކައުންސިލްތައް އެގޮތަށް ހިފެހެއްޓޭ ކަމަށް ވަނީނަމަ، ހިފަހައްޓާ ކަމަށް ވާނަމަ ހިފަހައްޓާށޭ ރައްޔިތުންގެ މަޖިލީސް ވެސް“

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެއް އަހަރު ވުމުން ގާނޫނުތަކަށް ބަދަލު ނުގެނޭވޭ ގޮތް ހެދޭނެ ކަން ފާހަގަކުރައްވައި، ސައުދު ވިދާޅުވީ އެއް އަހަރަށް ވުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ބަރި ބަރިއަށް ވައުދު ނުވެވޭ ގޮތް ހަދަންޖެހޭ ކަމަށެވެ. ސައުދު ތަކުރާރުކޮށް ފާހަގަކުރެއްވީ ރަށްރަށުގެ ކަންކަން ކުރުމަށް ކައުންސިލްތަކަށް ސަރުކާރުން ހުރަސް އަޅެމުގެ މައްސަލައެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުގެ ނިޔަތަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށާއި ނިޒާމު މަރުކަޒުކޮށް މާލޭގެ ފިނިކޮޓަރީގައި އިނދެގެން ”އަމުރު މައުރޫފް“ ހިންގޭނެ ގޮތެއް ހެދުން ކަމަށެވެ. ރައްޔިތުންނަކީ އަޅުންގެ ގޮތުގައި ހަދަން ސަރުކާރުން ބޭނުންވާ ކަަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑެތި އާބާދީތައް ހަލާކުކޮށް، މާލެއަށް މީހުން ޖަމާކުރަން ސަރުކާރުން ބޭނުންވާ ކަމަށް ސައުދު ވޮދާޅުވިއެވެ. އަދި ރައްޔިތުންނަށް ނުފޫޒު ފޯރުވާ މާލެ ސަރަހައްދަށް މީހުން ޖަމާކޮށް ރިޔާސީ އިންތިހާބެެއް އައިސްފިނަމަ ހަމައެކަނި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ވޯޓާއެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ދޮރެއް ސަރުކާރުން ހޯދުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: