ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ އާބާދީ އޮޅުވާލިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މޭޔަރު ސައުދު ފުލުހަށް ހާޒިރުކޮށްފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރަން އެ ރަށުގެ އާބާދީގެ ހިސާބުތައް އޮޅުވާލިކަމުގެ ތުހުމަތުގައި ތަހުގީގުކުރާ މައްސަލައިގައި ސުވާލުކުރަން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މިއަދު ފުލުހަށް ހާޒިރުކޮށްފިއެވެ.

ގދ. ތިނަދޫ ސިޓީއަކަށް ހެދުމަށް އެ ރަށު ކައުންސިލުން ހަދާފައިވާ އާބާދީގެ ލިސްޓުގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ، އަމިއްލަ ފަރާތަކުން އިލެކްޝަން ކޮމިޝަން (އީސީ) އަށާއި ފުލުހަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ތިނަދޫގެ އާބާދީގެ ލިސްޓުގައި 10،000 މީހުން ހަމަވާކަމަށް ދައްކާފައިވަނީ މަރުވެފައިވާ މީހުންނާއި ރަށްވެހިކަން އެހެން ރަށްރަށަށް ބަދަލުވެފައިވާ މީހުންނާއި ރަށުގެ ރަޖިސްޓްރީގައި ނެތް އެހެން ރަށްރަށުގެ މީހުންނާއި އެކަކު ދެ ގެއެއްގައި ރަޖިސްޓްރީ ޖަހައިގެންނާއި ނަމާއި އައިޑީކާޑު ނަންބަރަށް ބަދަލު ގެނެސްގެން ފަދަ އޮޅުވާލުންތަކުގެ ތެރެއިން ކަމަށް އީސީ އާއި ފުލުހަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.

އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު، ފުލުހުން މިއަދު ބުނެފައިވަނީ އެ ތަހުގީގާ ގުޅިގެން ސުވާލުކުރަން މޭޔަރު ސައުދު އަލީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ކަމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ސިޓީއެއްގެ ދަރަޖަ ދިނުމަށް 10،000 މީހުންގެ އާބާދީއެއް ހަމަވާން ގާނޫނު ލާޒިމުކުރާއިރު، އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 8000 އެވެ. އޭގެ ތެރެއިން ވެސް ރަށުގައި ދިރިއުޅޭ ކަމަށް ބެލެވުނީ ގާތްގަނޑަކަށް 5000 މީހުންނެވެ.

10،000 މީހުން ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ދައްކާފައިވަނީ އޮޅުވާލައިގެން ހަދާފައިވާ ލިސްޓެއް ކަމަށް ބުނެ އެ ލިސްޓު ބާތިލުކުރަން މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅިއެވެ. އެ މައްސަލަ ބަލައިގެންފައިނުވެއެވެ.

އޭސީސީއަށް ވެސް އެ ލިސްޓުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެ ކޮމިޝަނުން މިދިޔަ އަހަރު ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާ ފާސްކޮށް ލިޔުންތަކެއް ވެސް ގެންދިޔައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: