ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މި ވަގުތު ތިިބި ފަތުރުވެރިން ޤައުމަށް ގެންދިއުމަށް ދެ ފްލައިޓެއް ތާވަލްކޮށްފި

ފޮޓޯ: އެމްވީހޮޓެލް ޓްރެވަލްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިން، އެ މީހުންގެ ޤައުމަށް ގެންދިއުމަށްޓަކައި، ދެ ފްލައިޓެއް ފުރާގޮތަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެެެވެ.

ހޯމަވިލޭރޭ، އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނާއި، ބިދޭސީ މުވައްޒަފުންނާއި، ފަސިންޖަރުން، އެ މީހުންގެ ޤައުމަށް ގެންދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދެ ފްލައިޓެއް ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ގޮތުން، އެ ދެ ފްލައިޓު ފުރުމަށް ހަމަޖެހިފައވަނީ، މި މަހުގެ 29 ވަނަ ދުވަހާއި 30ވަނަ ދުވަހުގައިކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުންނާއި ފަސިންޖަރުން އެ މީހުންގެ ޤައުމަށް ގެންދިއުމަށް، މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ، ރޮސިޔާ އެއަރލައިންސް ފްލައިޓް FV/SDM 6266 ކަމަށާއި، 30 ވަނަ ދުވަހު ފުރާނީ އެއަރ ކައިރޯގެ ފްލައިޓް SM2051/2 ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެެވެ.
މި ދެ ފްލައިޓް ފުރުމަށް ހަމަޖެހިފައިވާއިރު މި ދިޔަ ހުކުރު ދުވަހާއިި، ހޮނިހިރު ދުވަހު 701 ބިދޭސީއެއްވަނީ އެ މީހުންގެ ޤައުމަށް ފުރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: