ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތާ ގުޅޭ އަމާޒުތަކަށް ވާސިލުވެވުމުން އެތުލީޓުންގެ ސިއްހަތާއި ކުޅުމުގެ ފެންވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ: ރައީސް

"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ޓީމުތަކުގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިއުމާލުނުކުރާ އެތުލީޓުންނަށް ކަމަށް ކަނޑައަޅައި، އެ އަމާޒުތަކަށް ވާސިލުވެވެމުން އެތުލީޓުންގެ ސިއްހަތަށާއި ކުޅުމުގެ ފެންވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބޭނުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވާ ރައީސް ވިދާޅުވީ، ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވިއްޖެނަމަ، އެތުލީޓުންގެ ސިއްހަތަށާއި ކުޅުމުގެ ފެންވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި މި ސިޔާސަތުތަކުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ އަމާޒުތަކަށް ވާސިލުވުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ޖަމުއިއްޔާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

”ދުންފަތުގެ އިސްތިއުމާލުކުރުމުން އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންތަކެއް އަޅުގަނޑުމެންގެ ޤައުމީ ޓީމުގައި ތިބުން. އެހެންކަމުން އެ ޓާގެޓަށް ދަންޏާ ދެން ކުރަންޖެހޭނެ މަސައްކަތްތަކެއް ނޫންތޯ ދެން ހުންނާނީ؟ އެހެންވިމަ ސްޕޯޓްސް މިނިސްޓްރީއާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހިތްވަރުދީގެން އިންސިންޓިވައިޒް ކޮށްގެން ނޫނީ މަގުފަހިކޮށްދީގެން އަޅުގަނޑުމެން ބަލަންޖެހޭނީ އެތުލީޓުން ދުންފަތުގެ އިސްތިއުމާލުން ދުރުކުރުމަށް،“ ރައީސް

އޭގެ އިތުރުން، ސްކޫލް ނިޒާމުގެ ތެރޭއަށް ޖެނެރޭޝަނަލް ބޭން ގެނައުމުގު މަޤްސަދަކީ ދަރިވަރުންނަކީ ޤައުމުގެ މުސްތަޤްބަލުކަމުގައި ވީހިނދު އެކުދިންނަށް މި ނިޒާމުގެ މަޤްސަދު ވިސްނައިދީ ގައިންގައިން ނާރާ ބަލިތަކުން ދުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ މުހިންމުކަން ވިސްނައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ ވަބާއިން ރައްކާތެރިވެފައިވާ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ގޮތުން ސަރުކާރުން ”ޖެނެރޭޝަނަލް ބޭން އޮން ޓޮބެކޯ“ ސިޔާސަތު މިދިޔަ އަހަރުގެ ފަހުކޮޅު ތަންފީޒުކުރަން ފަށާފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި ވަނީ ރާއްޖޭގެ އެއްވެސް ޤައުމީ ޓީމެއްގައި ހިމެނޭ އެތުލީޓުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެފައިވާ އެތުލީޓުންނަށް ހެދުމަށް ސަރުކާރުން އަމާޒުކަނޑައަޅާފިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ޤައުމީ އެތުލީޓުންނަކީވެސް ދުންފަތާ އެއްކޮށް ދުރުހެލިވެފައިވާ ބަޔަކަށް ހެދުން ކަމަށް ރައީސް ތަަކުރާރުކުރެއްވިއެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ކަމާބެހޭ މުއައްސަސާތަކާއި ޖަމުއިއްޔާތައް ގުޅިގެން، ކުޅުންތެރިންނަށް އެކި ގޮތްގޮތުން ހިތްވަރުދީ، މިކަމަށް މަގުފަހިކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިޔުމާ ގުޅޭ މުހިންމު ނިންމުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާއިރު، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން ފުޅާކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: