ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި މިއޮތީ، ސަރުކާރުގެ ފެންނުހިފޭ ދޯހަޅި ސިޔާސަތްތަކުގެ ސަބަބުން: ޣަފޫރު

ޝެއާރކޮށްލާ ކަހަލަދޯ؟

އިޤްތިސާދީ ގޮތުން ރާއްޖެއަށް މިހާރު ދިމާވެގެން އުޅޭ ހާލަތަކީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ރާއްޖެއަށް މިއަދު ދިމާވެގެން އުޅޭ އިގްތިސާދީ ދަތި ހާލަތަކީ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.

”ރާއްޖެއަށް މިހާރު ދިމާވެގެން މިއުޅޭ ހާލަތަކީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އުފެދިގެން އުޅޭ ހާލަތެއް. އަޅުގަނޑުމެން ބުނަމުން މިގެންދަނީ ތިގޮތަށް ކަންތައް ކުރީމަ އާހިރުގައި ގޮސް ހަމަ ވެއްޓޭނީ އަނދަވަޅާކަށޭ،“ ޣަފޫރު

ޣަފޫރު ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރުވީއިރު، ރައްޔިތުންގެ މަޖިލީހުން ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެހާ ބޮޑު ހޭދައެއް ކުރިއިރު ވެސް އޭގެއިން ރައްޔިތަކަށް ވީ އެއްވެސް ފައިދާއެއް ފެންނަން ނެތް ކަމަށެވެ.

2023 ވަނަ އަހަރު އޮކްޓޯބަރު މަސް ނިމުނުއިރު ދައުލަތުގެ ޕޭރޯލް ހުރީ އެއް ބިލިއަން ރުފިޔާގައި ކަމަށް ސަރުކާރުން ޤަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ދައުލަތުގެ ޕޭރޯލް 1050 މިލިއަންއަށް އަރައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ މާނައަކީ ސިޔާސީ ގޮތުން ސަރުކާރުން ވަޒީފާ ދީފައިވާ ފަރާތްތަކަށާއި ސްޓޭޓް މިނިސްޓަރުންނަށް ކޮންމެ އަހަރަކު އިތުރު 6 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރަމުންދާކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ދައުލަތުގައި ހުރި ފައިސާއެއް ނޫން ކަމަށާއި، މުސާރަ ދިނުމަށް ސަރުކާރުން ބޭނުންކުރަނީ ޓީބިލު ވިއްކައިގެންނާއި ޕެންޝަން ފަންޑުންނާއި އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ ޑޮލަރުގެ ރޭޓު މައްޗަށް ގޮސްފައިވަނީ ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގެ ފައިދާ 30 އިންސައްތަ އުނިވެފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތައަކީ ކުންފުނިތަކަށް ބޭނުން ނުވާވަރަށް އިތުރަށް މުވައްޒަފުން ވެއްދުމުގެ ސަބަބުން ހިނގާ ހަރަދުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ޣަފޫރުގެ ވާހަކަ ނިންމަވާލައްމުން ވިދާޅުވީ، ސަރުކާރުން ހިންގާ މިފަދަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި އިގްތިސާދު ފުނޑި، އޭގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އާންމު ރައްޔިތުންނަށް ކަމަށެވެ.

ސަރުކާރުން ހިންގާ ފެންނުހިފޭ ދޯހަޅި މިފަދަ ސިޔާސަތްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު މިއަދު މިއޮތީ ނާޒުކު ފައްތަރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދައްކާ މަންޒަރާ ސަރުކާރުގެ މަޤްސަދު ތަފާތުކަމަށެވެ. އެގޮތުން ރައްޔިތުންނާމެދު މި ސަރުކާރުގެ އިހުލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތްކަމަށް ވިދާޅުވެ ޣަފޫރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: