ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީ އިތުރު ނަމަވެސް ސަރުކާރުން ޑޮލަރު ހިފަހައްޓައި، މާކެޓަށް ޑޮލަރެއް ނުނެރޭ: ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ގާބިލުކަމާއި ބައިނަލްއަގްވާމީ މާލީ މާކެޓްތަކާ މުއާމަލާތް ކުރުމުގެ ޑިޕްލޮމެޓިކް ހުނަރު ސަރުކާރުގައި ނެތްކަމަށާއި، ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ހިފަހައްޓަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޝިފާޒް މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝިފާޒް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ޑޮލަރުގެ ތާށިކަން ނައްތާލައި އަގު ތިރިކުރާނެ ކަމަށް ބުނި ނަމަވެސް، ވެރިކަމާ ހަވާލުވިއިރު 19 ރުފިޔާގައި ހުރި ޑޮލަރުގެ އަގު މިހާރު 23 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން ރައްޔިތުންނާއި މީޑިއާތަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، އެ ވާހަކަތައް ދެއްކުން ގާނޫނީ ކުށަކަށް ހަދާފައިވާކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ގާބިލުކަމާއި ބައިނަލްއަގްވާމީ މާލީ މާކެޓްތަކާ މުއާމަލާތް ކުރުމުގެ ޑިޕްލޮމެޓިކް ހުނަރު ސަރުކާރުގައި ނެތްކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުގެ ސަބަބުން، ޕްރައިވެޓް ސެކްޓަރާއި އާންމު ވިޔަފާރިތަކުގެ ތެރޭގައި ދައުރުވަމުންދިޔަ ޑޮލަރު ހުއްޓުމަކަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމްއެމްއޭއަށް މާރުކުރާ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ ވިޔަފާރި ބޭންކުތަކަށް ނުދޭ ކަމަށާއި، އޭގެ ސަބަބުން އާންމު ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ނުލިބި ބޮޑު ބްލެކް މާކެޓެއް އުފެދިފައިވާކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި ސަރުކާރު ކުންފުނިތަކަށް ނުއަގުގައި ޑޮލަރު ގަންނަން ޖެހުނު ވާހަކަ ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، ބްލެކް މާކެޓް އުފެއްދެވީ އެމަނިކުފާނުކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ބޭންކް ކާޑުތަކުގެ އޮންލައިން ޓްރާންސެކްޝަންތައް ލިމިޓްކޮށްފައި އޮތުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހަރަދުތަކަށާއި، ބޭސްފަރުވާއަށާއި ދަތުރުފަތުރަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ.

ސަރުކާރުގެ އަތުން މިހާރު އިގްތިސާދު މުޅިން ދޫވެއްޖެ. ސަރުކާރަކަށް މިކަން ހައްލުކުރާކަށް ނޭނގޭ. މުޅި މާކެޓުން ޑޮލަރު ލިބޭނެ ހުރިހާ ދޮރެއް ބަންދުކޮށް، އާންމުންނާއި ވިޔަފާރިތައް މިވަނީ ހާލުގައި ޖައްސާފައި.

ޝިފާޒް ވިދާޅުވީ، ރާއްޖޭގައި ބޭންކުން ޑޮލަރު ނުވިއްކާ ތަނުގައި، އާންމު މާކެޓުން ޑޮލަރު ގަނެވިއްކުން ވެސް ކުށަކަށް ހަދައި ބަންދުކުރަމުންދާ ކަމަށެވެ. މީގެއިތުރުން ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ބަދަލު ގެނެސް، ދަތުރުވެރިންނަށް ދޭ ޑޮލަރު 2026 ގައި 1000 އަށް އިތުރުކުރާނެކަމަށް ބުނި ނަމަވެސް، މިހާތަނަށް އެޅި އެއްވެސް ފިޔަވަޅަކުން ނަތީޖާއެއް ނުނިކުންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ރާއްޖެއަށް ކުރިން ނުލިބޭ ވަރަށް ޑޮލަރުގެ އާމްދަނީ ލިބެމުންދިޔަ ނަމަވެސް، ސަރުކާރުން އެ ޑޮލަރު ހިފަހައްޓައި މާކެޓަށް ނުނެރޭ ކަމަށެވެ. އަދި ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށް، 45،000 އާއި 50،000 ރުފިޔާގެ ބޮޑެތި މުސާރަތައް ދީގެން ސަރުކާރުން ބޮޑު އިސްރާފެއް ކުރަމުންދާކަމަށް ވެސް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: