ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ދެއްވީ، ބޮޑު ދަރަންޏެއް ދެއްކުމާއެކު ހަރަދުތައް ދެކޮޅު ޖައްސަން ދަތިވެދާނެކަމުގެ އިންޒާރު!

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު ދަރަންޏެއް ދެއްކުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖައްސަން ދަތިވެދާނެކަމުގެ އިންޒާރު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އިއްޔެގެ ނިޔަލަށް، ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑެއް ދައްކައި ހަލާސްކުރަންޖެހޭ ކަމަށެވެ.

އެ ފައިސާ ދެއްކުމާއެކު މިއަދު އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށާއި، އަސާސީ ބައެއް ހިދުމަތްތަކަށް ފައިސާ ދައްކާނެ ބޭރު ފައިސާ ސަރުކާރުގައި ނުހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ތެލާއި ބޭހަށް ހަރަދުކުރާނެ ބޭރު ފައިސާ ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

އެ ފައިސާ ނުދެއްކިއްޖެނަމަ ގްރޭސް ޕީރިއަޑްގެ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ފިޗް، އަދި މޫޑީސް ފަދަ ރޭޓިން އެޖެންސީތަކުން ރާއްޖެ ”ރޭޓިން ވޮޗް ނެގަޓިވް“ގެ ގޮތުގައި ކަނޑައަޅާނެ ކަމަށާއި އަދި ކުޑަ ދުވަސްކޮޅެއް ތެރޭގައި ރޭޓިން ރެސްޓްރިކްޓެޑް ޑިފޯލްޓަށް ދަށްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެ ފައިސާ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރެއިން ނުދެއްކި އޮތް 50 މިލިއަން ޑޮލަރެވެ. މީގެ ކުރިން އިންޑިއާ ސަރުކާރުން ވަނީ އޭގެ ތެރެއިން އެއް ބައި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފައެވެ.

ނަމަވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިންޑިއާއާ ރަހްމަތްތެރިކޮށް ބައްޓަންކުރަމުން ނުދާތީ، ”ރޯލްއޯވަރ މަޝްވަރާ“ތަކުގައި އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށް، މުއްދަތު އިތުރަށް އިތުރުކޮށްދިނުމުގެ އެދުން ގަބޫލުނުކޮށް ރިޖެކްޓްކޮށްފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ޑޮލަރުގެ ދަތިކަން ހައްލުކުރަން ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކޮށްފައެވެ. އޭގެ އިތުރުން ވެސް ގާނޫނުތައް އިސްލާހުކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މި އަހަރު އެކަނި އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ދަރަނީގެ ގޮތުގައި ދައްކާފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: