ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އަށް ފަހު އެންމެ އަވަހަށް އަންނަން ފެށާނެ ކަމަށް ބެލެވެނީ އިޓަލީ ފަތުރުވެރިން: އެމްއެމްޕީއާރުސީ

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އަށް ފަހު ރާއްޖެ ހުޅުވާލުމުން އެންނެމެ އަވަހަށް އަންނަން ފަށާނެ ކަމަށް ބެލެވެނީ އިޓަލީގެ ފަތުރުވެރިން ކަމަށް މޯޅްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަނ ކޯޕްރޭޝަންް (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ. 

އެމްއެމްޕީއާރުސީގެ ފަރާތުން ބުރާސްފަތި ދުވަހު އާންމުކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި މިހާރު އަޅާފައިވާ ދަތުރުފަތުރުކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން އިޓަލީ ފަތުރުވެރިން ވީހާވެސް އަވަހަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ބޭނުންވާ ކަމަށް އިޓަލީގެ ޓްރެވަލް އެޖެންޓުން ބުނެފައިވާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިފަދައިން ބުނެފައި ވަނީ އީޒީ މާކެޓް ޓްރެވަލް ސޮލިޔުޝަންގެ ފަރާތުން ”ވެބިނާ ރިވޮލިޔުޝަން މޯލްޑިވް“ ގެ ނަމުގައި އެ މީހުންގެ އެޖެންޓުންނަށް އަމާޒުކޮށްގެން ބޭއްވި ވެބިނާ ސެމިނާގެ ތެރެއިންނެވެ. 

އިޓަލީގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންޓް އީޒީ މާކެޓް ޓްޜެވަލް ސޮލިޔުޝަންއިން އަންނަނީ އިޓަލީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެ ކުންފުނީގެ ހިދުމަތްދެމުންކަން އެމްއެމްޕީއާރުސީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.1999 ވަނަ އަހަރު އުފެދުނު އީޒީ ޓްރެވަލް ސޮލިޔުޝަންއަކީ އެންމެ ފުރަތަމަ އިޓަލީގެ ޓްރެވަލް އެޖެންސީތަކަށް ޗުއްޓީ ޕެކޭޖް ވިއްކަން ފެށި ކުންފުންޏެވެ. 

ގާތްގަޑަކަށް 100 އެއްހާ ޓްރެވަލް އެޖެނުންޓުން ބައިވެރިވެ އިޓަލޯ ބަހުން ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ސެމިނާއާއި ގުޅޭ ގޮތުން އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭއާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައި ވަނީ އެމްއެމްޕީއާރުސީންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރި ކަމާއި ބެހޭ އެންމެ ފަހުގެ ޕްރެޒެންޓޭޝަންއެއް އެމްއެމްޕީއާރުސީގެ ފަރާތުން ވަނީ ދީފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: