ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިކެޓާ ގުޅުވައި އިދިކޮޅުން ”ގުއިރޯނު“ ޖެހިޔަސް ކާމިޔާބެއް ނުވާނެ: ފަލާހު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ކޮންގްރެސްގެ ބައްދަލުވުމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އެރުވުމަށް ފާސްކުރި ކުރުމަކީ ”ގުއިރޯނެއް“ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުންނާއި ސޯޝަލް މީޑިއާގައި ކުރަމުންދާ ފާޑުކިޔުންތަކަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ރައްދު ދެއްވައިފިއެވެ.

2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ހަވާލު ކުރުމަށް، ޕާޓީގެ ކޮންގްރެސްގައި ވަނީ ފާސްކޮށްފަ އެވެ. މިއީ ޕާޓީގެ ބައްދަލުވުމަކަށް އާންމު މެބްރަކު ހުށަހެޅި ގަރާރެކެވެ.

ޕީއެންސީ މަތީ މަޖިލިސް ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ފަލާހު ވިދާޅުވީ، މި ގަރާރަކީ އިއްޔެ ބޭއްވުނު ޕާޓީގެ ހާއްސަ ބައްދަލުވުމުގެ ތެރެއިން ކުއްލި ގޮތަކަށް ހުށަހެޅިގެންދިޔަ މުހިންމު ގަރާރެއް ކަމަށެވެ. މިއީ ޕާޓީގެ އާންމު މެންބަރުންނާއި ވިއުގަތަކުގެ ބައިވެރިންގެ ފުރިހަމަ ތާއީދާއެކު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން، މެންބަރުންގެ ޝުއޫރުތައް ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅިގެން ދިޔަ ގަރާރެއްކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި، މި ގަރާރު ހުށަހެޅި މެންބަރު އެކަން ކުރެއްވީ ރައީސް މުއިއްޒު މި ގައުމުގެ ޒައާމަތާ ހަވާލުވެވަޑައިގަތް ފަހުން، ގައުމުގެ މިސްރާބު ހެޔޮމަގަށް އަޅުއްވައި، ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ކަމަށެވެ. ހާއްސަކޮށް ގައުމުގެ މުސްތަގުބަލު އުޖާލާކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ރައީސް ކުރައްވާ އިހުލާސްތެރި ޖިހާދުގެ ސަބަބުން، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ހައްގުވާކަމަށް މެމްބަރުން ދެކޭ ކަމަށެވެ.

ފަލާހު ވިދާޅުވީ، ސިޔާސީ ވާދަވެރިންނާއި ޕާޓީއަށް ހެޔޮނޭދޭ ދުޝްމަނުން، މި އިންތިހާބުގެ ތެރެއިން ޕާޓީ ބައިބައިކޮށްލުމަށް ދޮގު ވާހަކަތައް ފަތުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ޕީއެންސީގެ ރައީސް، ރައީސް މުއިއްޒަކީ އެއްވެސް މެންބަރަކު ބާކީކޮށް، ދޫކޮށްލާނެ ރައީސެއް ނޫންކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، ކޮންގްރެސްގެ ތެރެއިން ނިންމި ނިންމުންތަކާއި، ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅުވައިގެން ވާދަވެރި ސިޔާސީ ފަރާތްތަކުން ތަފާތު ތުހުމަތުތައް ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް، ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ދެއްކުމަށާއި، ކޮންގްރެސްގެ ނިންމުންތަކަކީ ހަމައެކަނި ދެއްކުންތެރިކަމެއް ނުވަތަ ”ގުއިރޯނެއް“ ކަމަށް ސިފަކޮށް ހަގީގަތް އޮޅުވާލަން އިދިކޮޅު ފަރާތްތަކުން ބޭނުންވާކަމަށް ފަލާހު ވިދާޅުވި އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ މިއީ ޕާޓީގެ އެތައް ސަތޭކަ މެންބަރުންނެއްގެ އިހުލާސްތެރި ޝުއޫރާ ގުޅިފައިވާ ކަމެއްކަމަށެވެ. އަދި ޕީއެންސީއާ މެދު ނަފުރަތު އުފައްދަން މަސައްކަތްކުރާ ދުޝްމަނުން ދައްކާ މިފަދަ ވާހަކަތަކަށް ޕާޓީގެ އެއްވެސް މެންބަރަކު ސަމާލުކަން ނުދިނުމަށާއި، ޕާޓީގެ އެތެރޭގެ ބަދަހިކަން ގެއްލިގެން ނުދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: