ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ރައްދު އެމްޑީޕީއަށް: އޮތީ ދައުލަތް ހުސްކޮށްފައި، ފަށަން ޖެހުނީ ސުމަކުން!

"މަތީ މަޖިލިސް" ޕީއެންސީ ކޮންގްރެސްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކައި، ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް މި ސަރުކާރުން ބާރުމިނެއްގައި ކުރަމުންދާކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރާ ވެރިކަން ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ދުވަހަކުވެސް ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް ވައްޓާލާފައެވެ. އަދި ގައުމުގެ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އިން ވޭތުވެދިޔަ ހަތަރު ފަސް އަހަރު ތެރޭގައި ފައިސާ ނަގައި، ފަންޑު އެއްކޮށް ހުސްކޮށްލާފައިވާކަމަށް ވިދާޅުވި އެވެ. އެހެންކަމުން މި ސަރުކާރަށް ޖެހުނީ ހުރިހާ ކަމެއް ސުމަކުން ފަށައިގެން އިގްތިސާދު ބިނާކުރަންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން 1.32 ބިލިއަން ޑޮލަރު ދައްކަންޖެހިފައިވާ ކަމަށެވެ. އަދި މި ސަރުކާރުން މިހާތަނަށް 532 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކާ ހަލާސްކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއީ ގައުމުގެ ދަރަނިން ސަލާމަތްވުމުގެ އިތުރުން، ގައުމުގެ އެންމެ ހަރު މުދަލާއި މިނިވަންކަން ދިފާއުކޮށް ކަށަވަރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން ގައުމުގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވައްޓާލާފައިވާއިރު، އެ ޕާޓީން ދަރަނީގެ ހާލަތަށް ވާހަކަ ދައްކައިގެން ނުވާނެކަމަށެވެ. އަދި އެ ޕާޓީން، ދަރަންޏަށް ޒިންމާވާން ވެސް ބޭނުން ނުވާކަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީން ދައްކާ ވާހަކައިން، މިއީ އެހެން ބައެއް ނެގި ދަރަންޏެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާވެސް ހުސްކޮށްލުމަށްފަހު ކަމަށް ވިދާޅުވެ، ރައީސް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޤައުމު މިހާރު މިއޮތް ޙާލަތަށް ވައްޓާލުމަށްފަހު، ދަރަނީގެ ވާހަކަ ނުދެއްކުމަށް އެމްޑީޕީގެ އިސްވެރިންނަށް ރައީސް ގޮވާލެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ދައުލަތުގެ ހަޒާނާ ހުސްކޮށްލުމަށްފަހު، ގައުމު ދަރަނިވެރިކޮށް ބޮޑު އިގްތިސާދޫ ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު ކަމަށެވެ. އަދި އެއްވެސް ޒިންމާދާރުކަމެއް ނެތި ވެރިކަން ހިންގުމަށްފަހު، މިއަދު އިދިކޮޅު ފަރާތްތަކުންނާއި، އެމްޑީޕީ މިއަދު ދައްކަނީ ޒިންމާދާރުކަމެއް ނެތް ވާހަކަތަކެއްކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2013 ވަނަ އަހަރު ވެރިކަން ފެށުނުއިރު އިގްތިސާދު އޮތް ހާލަތާއި، 2018 ވަނަ އަހަރު ވެރިކަން ބަދަލުވެގެން ދިޔައިރު އޮތް ހާލަތާ އަޅާބަލާއިރު، ވޭތުވެދިޔަ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ގައުމުގެ މާލީ ނިޒާމު ވަނީ މީގެ ކުރިން ދުވަހަކުވެސް ނުވެއްޓޭ ފަދަ ދަށު ދަރަޖައަކަށް ވައްޓާލާފައެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، މި ސަރުކާރުން ރައްޔިތުންނަށް ދަތިނުވާނެހެން ދަރަނިތައް މެނޭޖްކޮށް، ޤައުމުގެ މާލީ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: