ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްޔަށް ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 9 މީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން އިތުރު ނުވަތަ މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން މިހާރު ޖުމްލަ 29 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން މިވަގުތު ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 650 ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބަލިން ރަނގަޅުވީ މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 13 ބިދޭސީންނެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ޖުމްލަ އަަދަދަކީ 783 އެކެވެ. އޭގެ ތެރޭގައި ހިމެނެނީ 256 ދިވެހިންނާއި 528 ބިދޭސީންނެވެ.

މީގެ އިތުރުން ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5،180 މީހުން ފާހަގަކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ބައެއް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަދިވެސް ކުރިޔަށް ދާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: