ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް 137 މީހަކު ޖޫރިމަނާކޮށްފި

ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 137  މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.

މި ކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހޯމަދުވަހުގައި ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު، 137 މީހުން ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި 6  މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ހާމަކުރެއެވެ.

ފުލުހުން އިތުރަށް ބުނީ، މާލޭސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުތް މީހުންގެތެރެއިން މިހާތަނަށް  193 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. 

ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން ހޯމަދުވަހު 137 މީހަކު ޖޫރިމަނާކޮށްފައިވާއިރު، އާދިއްތަ ދުވަހުވެސް 157 މީހަކު ޖޫރިމަނާކޮށް 7 މީހަކު ހައްޔަރުކޮށްފައިވެއެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: