ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ދައުރު ދަންމަން ހުށަހެޅި ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާތީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ހެންވޭރު ހުޅަނގު ދާއުރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި “ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ކަށްވަރު ކުރުމުގެ ހާއްސަ ބިލް“ އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ. 

މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމުގެ މަސައްކަތް މަޖިލީހުން ފަށާފައި މިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން އިންތިހާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އަދި އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލެއް މަޖިލީހުން ފާސްކޮށް ބިލް ރައީސުލްޖުމްހޫރީއްޔާ ތަސްދީގް ކޮށްފައިވާތީއެވެ. 

ހަސަން ލަތީފް ހުށަހެޅުއްވި ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައި މަޖިލީހުން ކުރި އިއުލާނުގައި ބުނެފައި ވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ކަށްވަރު ކުރުމުގެ ބިލަށް ހިޔާލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާއި ހަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލްތަކުގެ ދައުރު ދެންމުމަށް ހަސަން ލަތީފް ހުށަހެޅުއްވި ބިލް އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު މި ބިލަށް ބަންޑާރަނައިބުގެ ގާނޫނީ ލަފާވެސް ކޮމެޓީން ވަނީ ހޯއްދަވާފައެވެ. އަދި މަޖިލީޙުގެ ކައުންސެލް ޖެނަރަލްގެ ގާނޫނީ ލަފާ ވެސް ބިލަށް ހޯއްދެވުމަށް ބިލް ދިރާސާކުރާ ލާމަރުކަޒީ ކޮމެޓިން ވަނީ ނިންމާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: