ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާގެ އަސްކަރީ މަނަވަރު މާލެއަށް ބަނދަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާ އަސްކަރީ މަނަވަރު ”އައިއެންއެސް ކޭސަރީ“ މިއަދު ހެނދުނު މާލެއަށް ބަނދަރުކޮށްފިއެވެ. 

އިންޑިއާއިން ފޯރުކޮށްދިން ކާބޯތަކެތީގެ މި އެހީއަކީ އިންޑިއާގެ މިޝަން ”ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް“ ގެ ދަށުން ސަރަހައްދީ ބައެއް ޤައުމުތަކަށް، އެ ޤައުމުން ފޯރުކޮށްދީފައިވާ އެހީގެތެރެއިން ރާއްޖެއަށް ފޯރުކޮށްދޭން ނިންމި އެހީއެވެ.

https://twitter.com/HCIMaldives/status/1260068729599262726?s=19

ހައިކޮމިޝަން އޮފް އިންޑިއާއިން ބުނިގޮތުގައި، އެހީގެ ގޮތުގައި މިއަދު ގެނައި ތަކެއްޗަކީ، ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތައް ލުއިކޮށް ދިނުމަށްޓަކައި ވަމުން އަންނަ އެހީއެއްކަމަށެވެ.

އެހީގެ މި ޝިޕްމަންޓް ގުޅިފައިވަނީ، އޭޕްރީލް މަހުގެމަހުގެ 20 ވަނަ ދުވަހުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މަޝްވަރާއާއިކަމަށް ވެސް ހައިކޮމިޝަން އޮފް އިންޑިއާއިން ހާމަކޮށްފައިވެއެވެ. 

https://twitter.com/HCIMaldives/status/1259538449541091328?s=19

މި ގޮތުން ”އައިއެންއެސް ކޭސަރީ“ގައި އެހީގެ ގޮތުގައި ގެނައި ތަކެތީގެ ތެރޭގައި، 200 ޓަނުގެ ހަނޑުލާއި 140 ޓަނުގެ ގޮދަން ފުށާއި، 90 ޓަނުގެ ހަކުރުގެ އިތުރުން، 120 ޓަނުގެ ރީނދޫ މުގާއި، 14 ޓަނުގެ އަލުތްވާއި، 26 ޓަނުގެ ފިޔާ ހިމެނެއެވެ.

https://twitter.com/ManRelief/status/1259732752322252800?s=19

”އައިއެންއެސް ކޭސަރީ“ ފުރަތަމަ އެހީ ހިފައިގެން އައީ ރާއްޖެއަށެވެ.

މީގެ އިތުރުން ރާއްޖެއަށް މުދާ ބޭލުމަށްފަހު،“އައިއެންއެސް ކޭސަރީ“ ސަރަހައްދުގެ ބައެއް ޤައުމުތަކަށް  ދަތުރުކުރާނެއެވެ. މި ގޮތުން، ސީޝެލްސް އާއި މަޑަގަސްކަަރަ ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: