ކޮރޯނާ ވައިރަހާއި ގުޅިގެން ގުޅީފަޅަށް 1 މެގަވޮޓްގެ ޖެންސެޓެއް ގެންގޮސްފިއެވެ.
މި ކަމާއި ގުޅިގެން ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކޮރޯނާ ވައިރަހާއި ގުޅިގެން ގުޅީފަޅުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ބޭތިއްބުމަށް ނިންމާފައިވާތީ، އެ ރަށަށް 1 މެގަވޮޓްގެ ޖެންސެޓެއް ގެންގޮސްފައިވާ ކަމަށެވެ.
https://twitter.com/STELCOMALDIVES/status/1260190336107724800?s=19
މި 1 މެގަވޮޓްގެ ޖެންސެޓް ގެންގޮސްފައިވަނީ، ގުޅީފަޅުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކަމަށް ވެސް، ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮރޯނާ ވައިރަސް މާލޭގައި ފެތުރި، މުޅި ޤައުމު ބިރުވެރިކަމެއްގެތެރޭގައި ވާއިރު، ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖޭގައި ތިބި ބިދޭސީންގެ މައްސަލަތަކެވެ.
މި ގޮތުން، މާލޭ ސިޓީގެ ކުދިކުދި ތަންތަނުގައި، ގިނަ އަދަދަކަށް ބިދޭސީން އުޅެން ޖެހިފައިވުމުގެ ނަތީޖާއަކީ، ކޮރޯނާ ވައިރަސް އާދަޔާއި ޚިލާފު ބާރުމިނެއްގައި ފެތުރިފައިވުމެވެ.
https://twitter.com/CDFofMNDF/status/1256903949791170560?s=19
އެހެންކަމުން ސަރުކާރުން މިހާރު ވަނީ، މާލޭ ސިޓީގައި، އެ ގޮތަށް އުޅެމުން އަންނަ ބިދޭސީންނަށް ”ވޯކާސް ވިލެޖެއް“ ގެ ގޮތުގައި ގުޅީފަޅުގައި 665 އެނދުގެ ފެސިލިޓީއެއް ގާއިމުކޮށްފައެވެ.

