ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެއް ނޫން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުހައްގުން މުދާ ހޯދުމާއި އެފަދަ މުދާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެއް ނޫންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ ބަހުސްގައި މެމްބަރު އައިފާން ވަނީ ހާއްސަކޮށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން އެކަމުގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިދިކޮޅު އެމްޑީޕީން އެއްވެސް ހާލަތެއްގައި އެފަދަ ގާނޫނެއް ފާސްކުރަންޖެހޭކަން ގަބޫލުނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެ ބިލަކީ ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ.

”އެމްޑީޕީން އެއްވެސް ހާލަތެއްގައި މިފަދަ ބިލެއް ފާސްކުރަންޖެހޭކަން ގަބޫލުނުކުރޭ. އެމްޑީޕީގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުން އަޅުގަނޑަށް ފަހުމުވީ މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައިވެސް ކުރާކަމެއް ނޫންކަމަށް. އެހެންނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގާއުމުތަކުގައިވެސް މި ގާނޫނު ފާސްކޮށް ތަންފީޒު ކުރަމުންދޭ،“ އައިފާން

އައިފާން ވިދާޅުވީ އެފަދަ ގާނޫނެއް ފާސްކުރަންޖެހޭ ކަމަށް އިދިކޮޅު މެންބަރުން ގަބޫލުނުކުރެއްވި ނަމަވެސް، ތަހުޒީބު މުޖުތަމައުތަކުގައި އެފަދަ ގާނޫނުތައް އެކުލަވާލަނީ ކުށްކޮށްގެން ޣައިރުގާނޫނީ ގޮތުގައި މުއްސަނދިކަން ހޯދާ ފަރާތްތައް ހުއްޓުވައި، އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި އެ ބިލަކީ ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ. އަދި އެފަދަ ގާނޫނުތައް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ފާސްކޮށް ތަންފީޒުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައިފާން ވިދާޅުވީ، އެ ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނާއި ހިލާފަށް މުއްސަނދިކަން ހޯދާ ފަރާތްތައް ހުއްޓުވައި އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތައް ހުއްޓުވުން ކަމަށެވެ.

ބިލު މަޖިލީހަށް ހުށައެޅުމުން އެއީ ސިޔާސީ ބަޔަކަށް ހުށައެޅިފައިވާ ބިލެއް ކަމަށް އެމްޑީޕީން ބުނަމުންދާނަމަވެސް، އެއީ އެމްޑީޕީ ނުވަތަ ސަރުކާރާއި ދެކޮޅު މީހުންގެ މުދާ ދައުލަތަށް ނަގަން ހުށަހެޅި ބިލެއް ނޫންކަމަށް މެމްބަރު ތަކުރާރުކުރެއްވިއެވެ.

އެގޮތުން، ނިމިދިޔަ ސަރުކާރުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބާޒާރުގެ އަގުތަކަށްވުރެ ބޮޑު އަގުގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތައް ހިންގައިގެން ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާ މައްސަލައަށް އައިފާން އަލިއަޅުވާލެއްވިއެވެ.

އެފަދަ ގާނޫނުތައް ހަދައި، އޭގެ ތަންފީޒީ ބާރު ލިބިގެން ދިއުމުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ އެފަދަ އަމަލުތައް ހިންގަން މީހުން ފަސްޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ގާނޫނާ ހިލާފަށް ހޯދާ މުދާ ދައުލަތަށް ނެގެން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: