ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ފިލްމީ ތަރި ނާނާ ޕާޓޭކަރް ކުއްލި ގޮތަކަށް މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ ވެޓެރަން އެކްޓަރު އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނާނާ ޕާޓޭކަރް، ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އުމުރުން 75 އަހަރުގެ ނާނާ ޕާޓޭކަރް ނިޔާވީ އިންޑިއާގެ ގޯއާގައި ހުއްޓައެވެ. އޭނާ ނިޔާވީ ކުއްލިއަކަށް ހިތް ހުއްޓިގެން (ކާޑިއެކް އެރެސްޓެއް ޖެހިގެން) ކަމަށް މައުލޫމާތު ލިބެއެވެ. މޭގައި ރިއްސާތީ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައެވެ.

އިންޑިއާގެ ސިނަމާގައި ފާހަގަކޮށްލެވޭ ފަދަ މޮޅު އެކްޓިންގއެއް ދައްކުވައިދީފައިވާ ނާނާ ޕާޓޭކަރް ވަނީ އެތައް އަހަރެއް ވަންދެން ހިންދީ އަދި މަރާޓީ ފިލްމުތަކުގައި މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ”ޕަރިންދާ“، ”ކްރާންތިވީރު“، ”އަގްނީ ސާކްޝީ“ އަދި މަޖާ ރޯލަކުން ފެނިގެންދިޔަ ”ވެލްކަމް“ ހިމެނެއެވެ. އޭނާގެ ތަފާތު ޑައިލޮގް ޑެލިވަރީއާއި ވަރުގަދަ އެކްޓިންގގެ ސަބަބުން އޭނާއަށް ވަނީ އިންޑިއާގެ ގައުމީ ފިލްމީ އެވޯޑުވެސް އެތައް ފަހަރަކު ލިބިފައެވެ.

ފިލްމީ ދާއިރާގެ އިތުރުން، އޭނާއަކީ ދަނޑުވެރިންނަށް އެހީތެރިވުމަށް ހިންގި އިޖުތިމާއީ ހަރަކާތްތަކުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ހެޔޮލަފާ އިންސާނެކެވެ.

ނާނާ ޕާޓޭކަރްގެ ކުއްލި ވަކިވުމާ ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން ދަނީ ހިތާމަ ފާޅުކޮށް، އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: