ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގާނޫނެއް އެކުލާލުވުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ ނިޒާމުތައް ހަރުދަނާކުރުންކަމަށާއި އެކަމަށް ޓަކައި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގާނޫނެއް އެކުލާލުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގައި، އޯގާތެރި، މީހުންނަށް ވާސިލުވެވޭ އަދި އަދުލުވެރި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމެއް ބިނާކުރެއްވުމުގެ އަޒުމު އައުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ބިނާކުރައްވާނީ އެ ނިޒާމުން ހިދުމަތްކުރާ މީހުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި އަޑުތަކަށް ރިއާޔަތްކުރައްވައިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ނިޒާމު ވާނީ ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ނިޒާމަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެ އަމާޒަށް ވާސިލްވުމަށްޓަކައި 2025 އިން 2029 އަށް އެކުލަވާލާފައިވާ ނަފްސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ ދަށުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގައުމީ ސިޔާސަތާއި ގާނޫނީ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަން އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނެއް ވެސް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާންމު ސިއްހީ ހިދުމަތުގެ ތެރޭގައި ނަފްސާނީ ސިއްހީ ހިދުމަތް ހިމަނައި، ސަރަހައްދީ އަދި ސްޕެޝަލިސްޓް ފަރުވާގެ ނިޒާމުތައް ހަރުދަނާކޮށް، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމުގެ ނިޒާމު ތަރައްގީކުރައްވަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ނަފްސާނީ މައްސަލަތަކުން ރައްކާތެރިވުމާއި ބަލި ކުރީބައިގައި ދެނެގަނެ ފަރުވާދިނުމަށް އިސްކަންދިނުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އޯގާތެރިވެ، އެކަކު އަނެކަކަށް އެހީވާނެ މުޖުތަމައެއް ބިނާކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: