ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާކުރުން ނާދިރުވުމުގެ ސަބަބުން މީހެއްގެ މުދާ ނެގޭނެ ގޮތަށް ބިލު އޮތުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ޒިޔާދު

ވައިކަރަދު ދާއިރާގެ މެމްބަރު ހުސެން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީހެއްގެ މައްޗަށް ދައުވާކުރުން ނާދިރުވުމުގެ ސަބަބުން އެ މީހެއްގެ މުދަލެއް ހިފެހެއްޓޭ ގޮތަށް ކުށްކޮށްގެން ހޯދާ މުދާލާ ބެހޭ ބިލު އެކުލަވާލާފައިވުމަކީ އެ ބިލާމެދު އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި، ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލާ ބެހޭގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ފަޒާދު ކުރިން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޒިޔާދު ވިދާޅުވީ، ކުށެއް ސާބިތުވުމުގެ ކުރިން މީހެއްގެ މިލްކިއްޔާތުގައިވާ މުދަލެއް ނެގުމުގެ ބާރު އެ ގާނޫނުން ލިބިދޭ ހާލަތްތައް ފަޒާދު ކިޔައިދެއްވިއިރު، އެކަމުގައި އެންމެ ކަންބޮޑުވުން އޮތް ހާލަތު ބަޔާންކުރައްވާފައިނުވާ ކަމަށެވެ.

އެގޮތުން ކުށުގެ ތުހުމަތު ކުރެވޭ ފަރާތަށް ދައުވާކުރުން ނާދިރުވުމުގެ ސަބަބުން އެ ފަރާތެއްގެ ފައިސާ ނެގޭނެ ކަމަށް ބުނާ ހާލަތް މެމްބަރު ފަޒާދުގެ ވާހަކަފުޅުގައި ފާހަގަނުކުރައްވާ ކަމަށާއި، އެންމެ ބޮޑަށް ކަންބޮޑުވުން އޮތް ހާލަތަކީ އެއީ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ޖުމްލަކޮށް ކުށެއް ސާބިތުނުވަނީސް މީހެއްގެ ފައިސާ ނެގޭނެ ގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޝަރީއަތްތައް ހިނގާ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ މަޖިލީހުގެ ރައީސްކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ، އެ ބިލު އޮތް ގޮތުން ކަންބޮޑުވާ ސަބަބަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ހިންގާ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގައި ވާގޮތުން ކުށެއް ސާބިތުވުމަކާ ނުލައި މުދާ ނެގޭނެ ހާލަތްތަކަކީ:

  • ކުށުގެ ތުހުމަތުކުރެވޭ ފަރާތް މަރުވުން
  • ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ މީހަކަށް ވުން
  • ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަކީ ދައުވާކުރުން ނާދިރުވުމުގެ ސަބަބުން އެ ފަރާތުގެ މައްޗަށް ދައުވާކުރެވޭނެ ތަނެއް ނެތުން

އޭގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ކަންބޮޑުވުންތައް ވެސް ޒިޔާދު ހިއްސާކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވީ، އެ އިސްލާހު އައުމާއެކު މިހާރު އޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާއާ ހަމައަށް އުވިގެންދާނެ ކަމެވެ. އަދި އިސްލާހަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ ހަ މަސް ފަހުން ކަމަށް ބަޔާންކޮށްފައިވާއިރު، ކުށްކޮށްގެން ހޯދާ ފައިސާއާ ބެހޭ ގާނޫނު އޭގެ ކުރިން ފާސްވެއްޖެނަމަ، 6 މަސް ދުވަސް ވަންދެން ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، 131 ވަނަ މާއްދާގައި ފަނޑިޔާރަކަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި ހެއްކެއް ހާމަނުކުރުން ނުވަތަ ހާމަކުރުން ފަސްކުރުން، ނުވަތަ ކަނޑައެޅޭ ވަކި ޝަރުތެއްގެ މަތިން ހާމަކުރުން އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާއިރު، ހެކި ހާމަނުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

2015 އިން 2018 އާ ހަމައަށް ރާއްޖޭގައި ކުރެވުނު ޝަރީއަތްތަކުގައި ސިއްރު ހެކި ހުށަހެޅިގެން ވަރަށް ބައިވަރު ސިޔާސީ ދައުވާތަކެއް ކުރެވުނުކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، އެ މާއްދާ އެގޮތަށް އޮތުމުން އަނެއްކާވެސް އެގޮތަށް ޝަރީއަތް ހިންގަން މަގުފަހިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދައުވާކުރާއިރު، ހެއްކަކީ ކޮބައިކަން ދައުވާ ލިބޭ ފަރާތަށް އެނގުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: