ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ބަލި ޖެހުނު މީހުންގެ އަދަދު 239 އަށް!

ކޮވިޑާއި ގުޅިގެން، ބައްޔާއި ދެކޮޅަށް ގިނަ އަދަދެއްގެ މީހުން އަންނަނީ ފްރަންޓްލައިންގައި މަސައްކަތް ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 239 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑުގެ ކޭސްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ، އެ ކޭސްތަކާއި ގުޅިގެން ބައެއް މީހުން ކަރަންޓީނުކޮށް އައިސޮލޭޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 239 އަށް އަރާކަމަށް އޭނާ ވިދާޅުވިއެވެ.

ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން. 50 މީހަކު މި މަހުގެ 08 ވަނަ ދުވަހު ބައްޔަށް ޕޮޒިޓިވް ވިއެވެ. އަދި 09 ވަނަ ދުވަހު 19 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކުރިއިރު، 16 ވަނަ ދުވަހާއި މި މަހުގެ 21 އަދި 22 މި ތިން ދުވަހުގެ 12 މީހަކަށް ބަލި ޖެހިގެން އެކަހެރި ކުރިއެވެ.

ފްރަންޓްލައިނުގެ ތެރެއިން ބަލި ޖެހުނު މީހުންނަކީ އެއީ ސިއްހީ ދާއިރާއާއި، ސެކުއިރިޓީންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނާއި، ޒަރޫރީ އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުޅުނު މުވައްޒަފުންގެ ގޮތުގައި އަފްޒަލް ފާހަގަކުރެއްވިއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ސިފައިންވެސް ހިމެނެއެވެ. އަދި ފުލުހުންވެސް ހިމެނެއެވެ. ކޮވިޑުގެ ނުރައްކާ ބޮޑުވަމުން ދާ މިދަނޑިވަޅުގައި، ސިފައިންގެ ތެރެއިން ފްރަންޓްލައިނުގައި މަސައްކަތް ކުރަމުންދިޔަ 40 މީހަކަށް ބަލި ޖެހިފައިވެއެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގައި މަަސައްކަތްކުރާ މުވައްޒިފުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: