ކޮވިޑް-19 އާއި ގުޅިގެން، މާލޭ ސިޓީ ލޮކްޑައުންކޮށް މަދަރުސާތައް ބަންދުކުރަންޖެހުމުގެ ސަބަބުން، ކުރިއަށްގެންދިޔަ ޓެލިކިލާސްތައް މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު އަލުން ފަށަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މި ގޮތުން މާދަމާ ނަގައިދިނުމަށް ހަމަޖެހިފައިވާ ކިލާސްތަކަކީ، ފައުންޑޭޝަން ލެވެލްއިން ފެށިގެން، ގްރޭޑް 12 އާއި ހަމައަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އެޑިއުކޭޝަނުން ހާމަކުރިގޮތުގައި، ފައުންޑޭޝަން ލެވެލްއަށް، ދިވެހިބަހުގެ އަކުރު ފިލާފަޅު ނަގައިދިނުމަށް ހަމަޖެހިފައިވާ ކިލާސްތައް، މިއަދު ހަވީރު 17:00 އިން ފެށިގެން، 17:30 އަށް ދިވެހި ޗެނަލް މެދުވެރިކޮށް ދައްކާނެއެވެ.
މީގެ އިތުރުން، ގްރޭޑް، 3، 5، 7، 8، 9، 10، 11، 12 އަށް ނަގައިދިނުމަށް ހަމަޖެހިފައިވާ ފިލާވަޅުތައް ޔޭސް ޓީވީއިން ދައްކާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
https://twitter.com/MoEdumv/status/1264593540207669249?s=19https://twitter.com/MoEdumv/status/1264586040196468737?s=19
ޓެލި ކިލާސްތައް އަލުން ފަށަން ނިންމާފައިވާއިރު، ކިލާސްތައް މެދުކަނޑާލާފައިވަނީ، މި ހުސްވި އޭޕްރީލްމަހުގެ 16 ވަނަ ދުވަހުއެވެ.
ކޮވިޑް-19 ހަލުވިކަމާއެކު މާލޭ ސިޓީގައި ފެތުރެމުން ދިއުމާއި ގުޅިގެން އޭޕްރީލްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންކޮށްފައިވާއިރު، އެންމެ ފަހުން އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު މި މަހު 28 ވަނަ ދުވަހަށް ހަމަވާނެއެވެ.
މި ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަފުޅުގައި ލޮކްޑައުންގެ ހާލަތަށް ލުއިތަކެއްދޭން ނިންމަވާފައިވާކަމަށާއި، މަޝްވަރާތައް ކުރިއަށްދާ ވަރަކުން ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހިއްސާކުރާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަންނަ މަހުގެ މެދުތެރެއެއްްހައި ހިސާބުގައި މަދަރުސާތައް ހުޅުވުމުގެ މަޝްވަރާތައް މިހާރުދަނީ ކުރެވެމުންނެވެ.

