ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުން: އަމުރާއި ޚިލާފުވި އިތުރު 234 މީހަކު ޖޫރިމަނާކޮށްފި

ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ލޮކްޑައުންކޮށްފައިވަނިކޮށް، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 234  މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ހާާމަކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އާދިއްތަދުވަހު ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވި 234 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ އާދިއްތަ ދުވަހު މަގުމައްޗަށް ނިކުމެ އުޅުނު 06 މީހަކު ހައްޔަރުކޮށްފައިވާނެކަމަށާއި، މި ހުސްވި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މިހާތަނަށް ޖުމްލަ 282 މީހަކު ހައްޔަރުކޮށްފައިވާނެކަމަށެވެ.

https://twitter.com/PoliceMv/status/1264745843183108096?s=19

މާލޭ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާނުވާނަމަ، ހައްޔަރުކުރުމުގެ ބާާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ. މި ކަން ހާމަކޮށް ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުގެ ބޭރުން ގެއިން ބޭރަށް ނުކުންނަ މީހަކު 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެ އަމަލު ތަކުރާރުކުރާނަމަ ހައްޔަރުކުރާނެކަމަށް ވެސް ފުލުހުންވަނީ ކުރިން ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: