ރާއްޖޭގެ ސިއްހީ ނިޒާމް ލާމަރުކަޒީ ކުރުމުގެ މުހިންމުކަން، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެނގިވަޑައިގެންފި ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިނިސްޓަރ އަމީން ވިދާޅުވީ ސިއްޙީ ނިޒާމް ލާމަރުކަޒީ ކުރުމަށްޓަކައި މިހާރު ވިސްނާފައިވާ ސިޔާސަތުތައް ތަންފީޒް ކުރުމަށް ފުރުޞަތު ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އަމީން ވިދާޅުވީ ކޮވިޑުގެ މި ޙާލަތަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ދަތި ދުވަސްވަރެއްކަމަށެވެ. އަދި މިހާރު ކުރެވެމުންދާ ތަޖުރިބާތަކާއެކު ސިއްހީ ނިޒާމް އިތުރަށް ހަރުދަނާކޮށް ރަނގަޅު މިސްރާބަކަށް ގެންދިޔުމަށް މަސައްކަތްތައް ކުރައްވާނެކަމަށް އަމީން ވިދާޅުވިއެވެ.
މިހާލަތުން އަރައިގަނެވުމަކީ ސިއްޙީ ނިޒާމް ލާމަރުކަޒީ ކުރުމާއި އެ ނިޒާމް ހަރުދަނާ ކުރުމަށް ލިބިގެންދާނެ ރަނަގޅު ފުރުސަތެއް ކަމަށް އަމީން ވިދާޅުވިއެވެ. އަދި ސިއްޙީ ނިޒާމް ލަމަރުކަޒީ ކުރުމުގައި އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ދެވޭނެ ތަމްރީން ވެފައިތިބި މީހުންނާއި ވަޞީލަތްތައް ހުންނަން ޖެހޭކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތާއި. ދަތުރު ކުރުމުގައި ދަތިތަކެއް ހުރުމުން ރަށްތަކުގައި ތަމްރީން ލިބިފައިވާ މީޙުން ލިބުމުގައި ދަތިތަކެމެއް އެބަހުއްޓެވެ.
އަތޮޅުތަކުގެ ޕަބްލިކް ހެލްތް، އާ ނިޒާމަކަށް ބައްޓަން ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަކަމަށް އަމީން ވިދާޅުވިއެވެ. އަދި ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ތަމްރީން ލިބިފައިވާ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންނާއި ރަނގަޅު ވަސީލަތްތައް ބޭނުންވާކަމަށް އަމީން ވިދާޅުވިއެވެ.

