ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިންސަތޭކަ އެނދުގެ މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗް އާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައި އެ ތަން އައިޖީއެމްއެޗްއާއި ހަވާލުކޮށްފި އެވެ.

ސިފައިންނާއި ސަރުކާރު އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެގެން ހެދި 300 އެނދުގެ ވަގުތީ ހޮސްޕިޓަލް، އައިޖީއެމްއެޗާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ކޮވިޑް ވިލެޖް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އެތަނުގެ މަސައްކަތް ކުރިއަށްދިޔައިރު ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތްތުގައި ހަރަކާތްތެރިވި ބައެއް ސިފައިން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެކަހެރި ކުރުމުން މަސައްކަތަށް ހީނަރުކަމެއް އައުން ކަމަށް މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ މިބަލީގެ ނުރައްކާތެރިކަން ވިސްނިފައިވަތީ ކޮވިޑަށް ޕޮޒިޓިވްވި ސިފައިން މަސައްކަތުން އެކަހެރި ކުރަންޖެހުނު ކަމުގައިވިޔަސް ފުރާނަ އަތްމައްޗަށް ލައިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓިސް ތަރައްޤީކުރުމުގެ ބުރަ މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާޢެކު ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކޮވިޑް ވިލެޖްގެ މަސައްކަތް ފައްޓާފައި ވަނީ އޭޕްރީލް އެއް ވަނަ ދުވަހުއެވެ. ކޮވިޑް ވިލެޖު ހެދުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގ މިނިސްޓްރީ، ލިއޯ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އަދި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވިއެވެ.

 ކޮވިޑް ވިލެޖުގެ މަސައްކަތްތައް ނިންމަން އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ މަހުގެ 20 ގަ އެވެ. އެކަމަކު އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މަސައްކަތް ލަސްވީ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީސް ތަރައްޤީކޮށްފައިވަނީ ފަސް ބުލޮކް ހިމެނޭ ގޮތަށެވެ. އެގޮތުން ހަތަރު ބުރި ހިމެނޭ ބުލޮކް އޭ އިމާރާތް ތަރައްޤީކޮށްފައިވަނީ 222 އެނދު ހިމެނޭ ގޮތަށެވެ. އަދި އެއްބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ބުލޮކް ބީ ގައި 68 އެނދު ހިމެނޭއިރު ބުލޮކް ސީ ބިލްޑިންގ ތައްޔާރުކޮށްފައި ވަނީ ހެލްތު ކެއަރ ވޯކަރސް އެކޮމޮޑޭޝަން އިމަރާތެއްގެ ގޮތުގައެވެ.

ބުލޮކް ޑީ ސަރވިސް ބިލްޑިންގއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު މި ބިލްޑިންގައި ހިމެނެނީ ލޯންޑްރީއާއި އޮފީހާއި މީޓިންގ ރޫމެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ފަސްވަނަ ބުލޮކް ކަމަށްވާ އެއްބުރިއަށް ހަދާފައިވާ ބުލޮކް އީ ގައި ހިމެނެނީ ހިނަވާގެޔަކާއި އޮޓޯ ކްލޭވް މެޝިނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: