ކޮވިޑް-19 އާއި ގުޅިގެން، ރާއްޖެއަށް އާދެވޭނެގޮތެއްނެތި ތައިލެންޑްގައި ތާށިވެފައި ތިބި ދިވެހިން މިރޭ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި ކަން ހާމަކޮށް ފޮިން މިނިސްޓްރީން މިއަދު ބުނީ، ތައިލެންޑްގައި 50 އަށްވުރެ ގިނަ ދިވެހިން އެބަތިބިކަމަށާއި، އޭގެތެރެއިން 26 ދިވެއްސަކު މިރޭ މާލެ ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މި އެންމެން ވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓްރީން ހާކުރިގޮތުގައި، އެ އެންމެން ވެސް އަންނާނީ އަމިއްލަ ޚަރަދުގައި ޓިކެޓް ނަގައިގެންނެވެ.
މިރޭ މި 26 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި ތިބި ތައިލެންޑްގެ 15 މީހަކު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެނބުރި ޤައުމަށަ ދިއުމަށްޓަކައި މިއަފު ހެނދުނު ދަތުރު ފަށާފައެވެ. ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި، މިރޭ ރާއްޖެ އައުމަށް ހަމަޖެހިފައިވާ މީހުން އެނބުރި އަންނާނީ، މިއަދު އެ ޤައުމަށް ފުރި މޯލްޑިވިއަންގެ ފްލައިޓުންނެވެ.

