ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ މައްސަލަތައް ބައްލަވާނެކަމުގެ ޔަގީންކަން އިމްރާން ދެއްވި: ރައީސް ނަޝީދު

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބައްލަވާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޢީދު ދުވަހުގެ ތަޙުނިޔާ ދެންނެވުމަށް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގުޅުއްވި ކަމަށާއި އަދި ކުރީ ސަރުކާރުގެ ކަންކަން ބައްލަވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވި ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ކުރިއަށް ގެންދެވުމަށް ކުރައްވަން ޖެހިވަޑައިގެންނަވާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު އިމްރާން ދެއްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަރުތަކުގެ މައްސަލަތައްވެސް ބައްލަވާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1264848847886356480

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ވިދާޅުވީ ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރެއްވި ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަރު ކޮމިޝަން ވެސް ހަމަ އެފަދައެވެ. އަދި ކުރަން ބުނި ކަންކަން ޖެހޭނީ ކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވުމުން ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުންވެސް ގޮވާލާފައިވެއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވަނީ އިންސާފުން ނޫންކަމާއި އެކަނިކުފާނަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއްކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު އިއުތިރާފުވެ ވަޑައިގަތުމަކީ ރައީސް ޔާމީނު ޖަލައްލުމާ ގުޅޭ ގޮތުން އިދިކޮޅުން ފެށުނީއްސުރެ ދައްކަމުން ދިޔަ ވާހަކައަކީ ހަގީގަތެއްކަމަށް އަންގައިދޭ ކަމެއް ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ ޝަރީއަތަށް ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތު ހުށަހަޅައިފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލައިފަ އެވެ.

ޚިޔާނާތުގެ ފައިސާތައް ހޯދުމާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެގޮތުން އެކަންކަން ކުރުމަށް ގާނޫނުން ބާރުތައް ދީފައިވާ ދެ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. ނަމަވެސް ސަރުކާރަށް ދޮޅު އަހަރުވީއިރު، އެކޮމިޝަންތަކުގެ މާބޮޑު ނަތީޖާއެއް ނުފެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: