ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް 4 މީހެއްގެ ބަންދު އިތުރުކޮށްފި

ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ ރަށެއްގައި އަންހެނަކު ރޭޕްކޮށް ކުޑަ ދެ ކުދިންނަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް ހަތަރު މީހެއްގެ ބަންދު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ، މީގެ ކުރިން ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ.

އެ ފަސް މީހުންނަކީ:

  • އަޙްމަދު ނޫހު ނިޔާޒް (20އ)
  • މުޙައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ)
  • ނަޖުމުﷲ ހަސަން (35އ)
  • މުޙައްމަދު ސާލިހު އަހްމަދު (26އ)
  • އަޙްމަދު ސާނިޖު ސާދިގު (32އ)

އެ މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކުރީ ނޫހު ނިޔާޒެވެ. އަދި މިޝަލް އިތުރު 30 ދުވަހަށް، ނަޖުމުﷲ އިތުރު 45 ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާއިރު، ސާލިހް އާއި ސާނިޖުގެ ބަންދަށް ފަސް ދުވަސް ވަނީ އިތުރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ފެންމަތިވި މި ހާދިސާގައި އެންމެ ފުރަތަމަ ރޭޕްގެ ޝިކާރައަކަށްވީ އުމުރުން 22 އަހަރުގެ އަންހެނެކެވެ. އަދި އޭގެ ފަހުން ހާދިސާ ހިނގަމުން ދިޔަ ތަނަށް 18 އަހަރު ނުވާ ދެ ކުޑަކުދިން ގެނެސް، މަސްތުވާތަކެތި ދީގެން އެ ކުދިންނަށް ވެސް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

އެ މައްސަލައިގެ ތަހުގީގަށް މާލޭން ހާއްސަ ޓީމެއް ވެސް ހާދިސާ ހިނގައިގެން އުޅޭ ރަށަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވުނީ އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގެ ތެރެއިންކަމަށް ވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: