ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަގްޒަރީ ދަތުރުތަކަށް ޚާއްސަ ’ކިންގް އެއާ‘ މަތިންދާބޯޓެއް ނިލާ ކޮރަލްސްއާ ގުޅިގެން މޯލްޑިވިއަނުން ރާއްޖެ ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ލަގްޒަރީ ދަތުރުތަކަށް ޚާއްސަކޮށްގެން އަލަށް ގެނައި ”ކިންގް އެއާ 360“ މަރުކާގެ މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ. މި އުޅަނދަކީ ”ނިލާ ކޮރަލްސް“ އާ ގުޅިގެން މޯލްޑިވިއަނުން ފަށަން ނިންމާފައިވާ މަތީ ފަންތީގެ ލަގްޒަރީ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖެ ގެނައި ބޯޓެކެވެ.

މި މަތިންދާބޯޓު ރާއްޖެ ގެނައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ އެންމެ މުހިންމު އެއް ބަހާއަކީ ފަތުރުވެރިކަން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުން އަންނައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިން އުފުލުމުގައި އެންމެ ބުރަ މަސައްކަތެއް ކުރަމުންދަނީ އެ ކުންފުނީގެ މުވައްޒަފުންކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ސަލީމް އިތުރަށް ވިދާޅުވީ، އަލަށް ތައާރަފުކުރި މި މަތިންދާބޯޓަކީ ދަތުރުފަތުރުގެ ފަސޭހަކަން ނުވަތަ ކަނެކްޓިވިޓީ ހޯދަން އެދޭ ފަރާތްތަކަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓުތަކަށް ދަތުރުކުރުމުގައި މި ޚިދުމަތުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި އުޅަނދަކީ އެ އެއާލައިނުން މިހާރު އޮޕަރޭޓްކުރަމުން އަންނަ ބޯޓުތަކާ އަޅާބަލާއިރު ފަސިންޖަރުންނަށް މުޅިން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ބޯޓެކެވެ. މަދު ފަސިންޖަރުންތަކަކާ އެކު ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ”ކިންގް އެއާ 360“ މަރުކާގެ މި ބޯޓުގައި ހިތްގައިމު އަދި ޒަމާނީ އިންޓީރިއާއެއް ހިމެނެއެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރާ އޭޓީއާރު މަތިންދާބޯޓުތަކަށް ވުރެ އަވަހަށް މަންޒިލްތަކަށް ވާސިލުވުމުގެ ގާބިލުކަން ވެސް މި ބޯޓަށް ލިބިފައިވެއެވެ.

މި މަތިންދާބޯޓު ބޭނުންކޮށްގެން ޗާޓަރު ދަތުރުތައް ކުރުމުގެ ފުރުސަތު ހުރިހާ ވިޔަފާރި ކުންފުނިތަކަށާއި، އަމިއްލަ ޖަމާއަތްތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށް ވެސް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: