ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 2711 މީހަކު ރަށްތަކަށް ވަނީ ފޮނުވާލެވިފައި: ޖެންޑަރ މިނިސްޓްރީ

ރޭގެ ބައްދަލުވުމުގައި ޑެޕިޔުޓީ މިނިސްޓަރ ޔުމްނާ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަބަންދާއި ގުޅިގެން މާލެއިން އެހެން ރަށްތަކަށް ދާން ބޭނުންވެފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 2711 މީހަކު ފޮނުވާލެވިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ އެކި ސަބަބުތަކާއިހުރެ މާލެއިން ރަށްތަކަށް ދާން ބޭނުންވެފައި ތިބި 5000އެއްހާ މީހުން އެކި ތަންތަނަށް ނަން ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ޖެންޑަރ މިނިސްޓްރީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށްވެސް ބައެއް މީހުން ނަން ފޮނުވާފައިވާކަން ޔުމްނާ ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުންނާއި، ރާއްޖެއިން ބޭރުގެ ގައުމުތަކުން ރާއްޖެ އައިސްފައިތިބި ދިވެހިންނާއި އެކި ސަބަބުތަކާއިހުރެ ކުލި ނުދެއްކުމުގެ ސަބަބުން ރަށްތަކަށް ދާން ބޭނުންވެފައި ތިބި މީހުން ފާހަގަކުރެވޭ ކަމަށެވެ. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުން ފާހަގަކުރެވިފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ވިހައިގެންނާއި އޮޕަރޭޝަންކޮށްފައިވާ މީހުންނާއި އެނދުމަތިވެފައިވާ ބަލިމީހުންވެސް ފާހަަގަކުރެވިފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިފަދަ މީހުން ރިޒޯތުތަކުގައި ކަރަންޓީނުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ފާހަގަވި ކަމަށާއި އެހެންކަމުން ރަށްރަށަށް ދިޔުމަށް ކަރަންޓީނު ކުރުމަށް ހުޅުމާލޭގެ އެކި ތަންތަން ކަރަންޓިން ފެސިލިޓިތަކުގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި މިކަމަށް ޓުއަރިޒްމް މިނިސްޓްރީއާއި އެންޑީއެމްއޭގެ އެހީތެރިކަން ލިބެމުންދާކަން ޔުމްނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ކުލި ދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި ކާބޯތަކެތި ލިބުމުގައި ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގކުރެއްވިއެވެ. އެގޮތުން އޭޕްރިލް މަހުގެ 17އިން ފެށިގެން މެއި މަހުގެ 31ގެ ނިޔަލަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން އެކަމުގެ ޝަކުވާ 220 މީހަކުކޮށްފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.  މިފަދަ އާއިލާތަކަށް އެންމެ ފުރަތަމަ އިމާދުއްދީން ސްކޫލްގައި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވީނަމަވެސް، މިހާރު އިތުރު ތަންތަނުގައި ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަކަމަށް ވިދާޅުވިއެވެ.

“ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއިއެކު ދަނާލުގައިވެސް ބައެއް އާއިލާތައް އަދި ކަރެކްޝަންސްއިން ބަންދުގެ މުއްދަތު ނިންމުމަށްފަހު ދޫކޮށްލާ މީހުންގެ ތެރެއިން ވަންނާނެ ތަނެއް ނެތް މީހުން ވަނީ ބައިތިއްބާފައި. އަދި އެކަނިވެރި މައިންނާއި އަންހެނުންވެސް އެބަތިބި. ގެވެށި އަނިޔާ ލިބެމުންދާ މީހުން ބައިތިއްބާނެ މަރުކަޒުތަކަށްވެސް މިދުވަސްކޮޅު މީހުން ގެންދިޔުން ހުއްޓާލާފައިވީނަމަވެސް އެކަންކަންވެސް ބަލަހައްޓަމުން ދަނީ” ޔުމްނާ 

ޖެންޑަރ މިނިސްޓްރީގެ ހެލްޕްލައިން ނަމްބަރު 1421އަށް ދުވާލެއްގެ މައްޗަށް 640 ފޯނުކޯލް އަންނަ ކަމަށާއި މީގެ އިތުރަށް މެއިލް މެދުވެރިކޮށްވެސް ބައެއް ކަންކަން ހުށައެޅެމުން އަންނަކަމަށް ވިދާޅުވިއެވެ. ބައެއް ފޯނުކޯލްތަކަށް ވަގުތުން ޖަވާބު ނުދެވުނުކަމުގައިވިޔަސް، ފަހުން ގުޅައިގެންވިޔަސް ކޯލުތަކަށް ޖަވާބުދެމުންދާކަމުގެ ޔަގީންކަން ޔުމްނާ ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: