ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއިން ފެށިގެން ކައްކާ ގޭސް ކުރިއެކޭ އެއްގޮތަށް ލިބޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ.

ގޭހުގެ ސަޕްލައިއަށް ދިމާވި މައްސަލައަކާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގޭސް ވިއްކަމުން ދިޔައީ ކޮންޓްރޯލްކޮށްގެންނެވެ. އެގޮތުން 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ ގޭސް، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ ގޭސް އަދި 45 ކިލޯގެ ފުޅިއަކަށް އަޅައިދިނީ 31 ކިލޯ ގޭހެވެ. ފުޅިތަކަށް އަޅައިދޭ މިންވަރު އޭރު މަދުކުރި ނަމަވެސް، ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުން ދިޔައީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބަލައި، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެފައެއް ނުވެއެވެ.

ނަމަވެސް މިހާރު މި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވް ގޭސްއިންވަނީ ބުނެފައެވެ. އަދި ސަޕްލައިއަށް ދިމާވި މައްސަލަ މިވަގުތަށް ހައްލުކޮށް 14 ނޮވެމްބަރުން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލު އިއާދަ ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ގޭސް ރައްކާ ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަމަށާއި، މިމަޝްރޫޢު ނިމުމުން 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި މިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށް މޯލްޑިވް ގޭސްއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެއްފަހަރާ ތިން މަސްދުވަހަށް ބޭނުންވާ މިންވަރަށް ގޭސް އެތެރެކޮށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން، ރާއްޖެއަށް ގޭސް އެތެރެކުރުމުގައްޔާއި ސްޓޮކް ދެމެހެއްޓުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ބައިނަލްއަގުވާމީ ދަތުރުފަތުރާއި ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކާ ގުޅިގެން މީގެ ކުރިން މާޗު 15 ވަނަ ދުވަހު ވެސް މޯލްޑިވްސް ގޭހުން ވަނީ ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކޮށް، ގޭސް ވިއްކުން ވަކި މިންވަރަކަށް ކޮންޓްރޯލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: