ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު އެގައުމަށް ފޮނުވާލައިފި

200 ބިދޭސީއަކު އެމީހުންގެ ގައުމަށް ފުރުވަލުމުގެ ތެރެއިން/ ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން 200 މީހަކު ގައުމަށް ފޮނުވާލައިފިއެވެ.

މޯލްޑިވިއަނުން ކޮށްްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު މިއަދުގެ ވަގުތެއްގައި ޑާކާއަށް ދިޔުމަށް ފުރާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ދަށުން ހުއްދަ ލިޔެކިޔުންތައް ނެތި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.

އެގޮތުން ޖޫންމަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައާއި، ކަނޑުމަގުންވެސް ބައެއް ބިދޭސީން ގައުމުތަކަށް ވަނީ ފޮނުވާލާފައެވެ.

https://twitter.com/MaldivianAero/status/1267733333057966087

ހުސްވި މެއި މަހުގެ 30 ވަނަ ދުވަހު 195 ބިދޭސީއަކު އެމީހަކު ނިސްބަތްވާ ގައުމުތަކަށް ފޮނުވާލާފައިވާއިރު، 29 ވަނަ ދުވަހުވެސް 198 މީހަކު ވަނީ ފޮނުވާލާފައެވެ. މިދެދުވަހުވެސް ފުރާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އަދި ހަމަ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބަންގްލަދޭޝްއަށް ނިސްބަތްވާ 1000 މީހަކު ވަނީ ބަންގްލަދޭޝްއަށް ފޮނުވާލާފައެވެ.

މީގެ އިތުރަށް، ބަންގްލަދޭޝްގެ އަސްކަރީ ބޯޓެއްގައި ދެ ބުރަށް އަދި މޯލްޑިވިއަންގެ ފްލައިޓިތަކުގައި ބިދޭސީން ވަނީ ގައުމަށް ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން، ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ވަނީ ހުއްދަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލުމަށް މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެހެންނަމަވެސް، ކޮވިޑް-19 ބަލި ފެތުރޭއިރު ބިދޭސީންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަވެ، އެމީހުންގެ ގައުމުތަކަށް އެމީހުން ފޮނުވާލުމަށް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ޚާއްސަކޮށް މާލެ ސަރަހައްދުގައި ހުރި ގޮތުގެ ސަބަބުން، ބިދޭސީންގެ މެދުގައި ބަލި ފެތުރެން ފަސޭހަވެ ކޮންޓްރޯލްކުރުމަށް އުނދަގޫވާނެތީ، މާލޭގައި ބިދޭސީން ދިރިއުޅެމުންދާ ބައެއް ތަންތަނުން އެމީހުން ވަނީ ނެރެފައެވެ. އަދި އެފަދަ ބައެއް ތަންތަން ވަނީ މޮނިޓަރިންގެ ހާލަތަށވެސް ގެނެސްފައެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުވެސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: