ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިގްރަންޓްސް ރިލީފް ފަންޑަށް 1.3 މިލިއަން ރުފިޔާ!

މޯލްޑިވިއަން ރެޑް ކްރެސެންޓުން މޮނިޓަރިންގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ރިލީފް ފަންޑަށް 1.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނެފިއެވެ.

މޯލްޑިވްސް ރެޑް ކްރެސެންޓުން ބިދޭސީންނަށް ޚާއްސަކޮށްގެން މައިގްރަަންޓްސް ރިލީފް ފަންޑްގެ ނަމުގައި މިފަންޑް ހުޅުވާފައިވަނީ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. މަސް ދުވަަހުގެ މުއްދަތަކަށް ފަންޑް ހުޅުވާފައި ބެހެއްޓިއިރު، ޖުމްލަ 1،374،745.79 ( އެއް މިލިއަން ތިން ލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ސާޅީސް ފަސް ރުފިޔާ ހަތްދިހަ ނުވަ ލާރި) ލިބިފައިވާކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

ކޮވިޑް-19އާއި ގުޅިގެން ހާލުގައި ޖެހިފައިވަ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރެޑް ކްރެސެންޓްގެ މާލޭ ގޮފިން ވަނީ މައިގްރަންޓްސް ސަޕޯޓް ސެންޓަރު މެދުވެރިކޮށް ބިދޭސީންނަށް ކާބޯތަކެއްޗާއި، ސާފުތާހިރުވުމަސް ބެނުންވާނެ ސާމާނު ފަދަ ތަކެި ފޯރުކޮށްދެމުންނެވެ.

މައިގްރަންޓްސް ރިލީފް ފަންޑަށް ލިބިފައިވާ 1.3 މިލިއަން ރުފިޔާގެ ތެރެއިން 85 އިންސައްތަ ޚަރަު ކުރުމަށް ހަމަޖެހިފައިވަނީ ބިދޭސީންގެ ކާބޯތަކެއްޗަށެވެ. އަދި 10 އިންސައްތަ ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ހޯދުމަށް ޚަރަދުކުރުމަށް ނިންމާވފައިވާއިރު ބާކީ ފަސް އިންސައްތަ ޚަރަދުކުރުމަށް ނިންމާފައިވަނީ އިދާރީ ކަންކަން ހަމަޖެއްސުމަށެވެ.

ރެޑް ކްރްެސެންޓުން ބުނީ އާންމުންގެ އެހީތެރިކަމާއެކު މިހާތަނަށް އައިރު އެކި ގޮތްގޮތުން ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް 3،600 ބިދޭސީންނަށް އެއްލައްކައަށްވުރެ ގިނަ މީލް ޕެކް ފޯރުކޮށްދީފައިވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދަތް އުނގުޅާ ބުރުހާއި ބޭސް ހިމެނޭ ހައިޖީން ކިޓްސްވެސް ފޯރުކޮށްދީފައިވާނެ ކަމަށް ރެޑް ކްރެސެންޓުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: