ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1448 ވަނަ އަހަރުގެ ހައްޖުގެ ހިދުމަތްތަކާއި ގުޅޭ އެއްބަސްވުން އެކުލަވާލައިފި

1448ވަނަ އަހަރުގެ ހައްޖުގެ ހިދުމަތްތަކާއި ގުޅޭ އެއްބަސްވުން އެކުލަވާލުން. ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

1448 ވަނަ އަހަރުގެ ހައްޖު މޫސުމުގެ އިންތިޒާމުތަކާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާ ދެމެދު ސޮއިކޮށްފިއެވެ.

ޖިއްދާގައި ކުރިއަށްދާ ބައިނަލްއަޤްވާމީ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުހައްމަދު ސައީދެވެ. އަދި ސައޫދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާހް މަޝާޠެވެ.

މި އެއްބަސްވުމުގެ ދަށުން، 1448 ވަނަ އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންނަށް ސައޫދީ އަރަބިއްޔާގައި ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި، ދަތުރުފަތުރާއި، ތިބުމުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެއެވެ. ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކޮންމެ އަހަރަކު 1،000 ހައްޖު ކޯޓާ ދެމުން އަންނައިރު، 1448 ވަނަ އަހަރުގެ ހައްޖުގައި އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް ހާއްސަ އިސްކަމެއް ދީގެން ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ އިތުރުން، ކުރިއަށް އޮތް ހައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ހިންގުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ސައޫދީގެ ކަމާގުޅޭ އެކި މުއައްސަސާތަކާ ދެމެދު އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ. ސައޫދީ ސަރުކާރުން މިހާރު ވަނީ ހައްޖުގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން، ސިއްހީ ހިދުމަތާއި، ދަތުރުފަތުރާއި، އެކޮމޮޑޭޝަން ހިމެނޭހެން ހައްޖާ ގުޅޭ އެންމެހައި ކަންކަމުގެ މިންގަނޑުތަކަށް ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން، 1448 ވަނަ އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތުރުކުރާ އެންމެހައި ދިވެހި ހައްޖާޖީންނަށް، ދަތުރުގެ ހުރިހާ މަރުހަލާއެއްގައި ވެސް އިތުރު ލުއިފަސޭހަކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: