ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައި ބޮޑު ހަމަ ނުޖެހުމެއް، 400 އެއްހާ ބިދޭސީން ވަނީ ފުލުހުންނާއި ކުރިމަތިލާފައި

ތިލަފުށީގައި ފުލުހުންނާއި ގިނަ އަދަދެއްގެ ބިދޭސީންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގައި، 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ފުލުހުންނާއި ގިނަ އަދަދެއްގެ ބިދޭސީންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގައި، 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

ތިލަފުށީގައި ބިދޭސީންތަކެއް ހަމަނުޖެހުން އުފައްދައިގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. އަދި އެކަމުގެ ހަގީގަތަކީ ކޮބައިތޯ އާއި ބެހޭގޮތުން ނޫސްވެރިން ވަނީ ފުލުހުންނާއި ސުވާލުކޮށްފައެވެ. އަދި އެކަމާއި ބެހޭ ގޮތުން ފުލުހުންގެ ތަރުޖަމަނު، ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ޔޫނުސް އަލީ ވިދާޅުވީ އެ ރަށުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. އަދި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ތިލަފުށީގައި ބިދޭސީންތައް ހަމަނުޖެހުން ހިންގާތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. އަދި މިއަދު ކުއްލި ގޮތަކަށް މަޝްރަހު ހޫނުވެ ބިދޭސީން ވަނީ ފުލުހުންނާއި ކުރިމަތިލާ ފުލުހުންނަށް ހަމަލާ ދީފައެވެ. މި ހަމަނުޖެހުމުގައި 400 އެއްހާ ބިދޭސީން އުޅުނެވެ. އަދި އޭގެ ތެރެއިން އެތައް ބަޔަކު ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފައެވެ.

މިއަދު ހަމަނުޖެހުން އުފެއްދުމަށް ދިމާވީ ސަބަބު އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: