ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

800 އަށް ވުރެ ގިނަ ސާމްޕަލްގެ ނަތީޖާ: ޕޮޒިޓިވް ވެފައިވަނީ 12 މީހެއް!

ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވާއިރު، މާލެއިން ބަލި ޖެހުނު މީހުން ވަނީ ރަނގަޅުވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓު ކުރި މީހުންގެ އަދަދަކީ 12 ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބަލި ޖެހުނު މީހުންގެ ތެރެއިން 11 މީހުން އެއީ ދިވެހިން ކަމަށެވެ. އަދި މީގެ ތެރެއިން 07 މީހުން އެއީ އެހެން ކްލަސްޓާތަކާއި ގުޅުން ހުރި މީހުންގެ ގޮތުގައި ވިދާޅުވިއެވެ. އަދި ބިދޭސީ މީހާއަކީ ވެސް ކަލަސްޓާއަކާއި ގުޅުން ހުރި މީހަކަށް ވާއިރު ބައްޔަށް ޕޮޒިޓިވް ވި އަނެއް 04 ދިވެހިންނަކީ އެހެން އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތް އިންޑިޕެންޑެންޓު ކޭސްތަކެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި 12 މީހުން ފެނިފައިވަނީ ނެގި 800 އަށް ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: