ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ ކްލަސްޓާތަކާއި އިންޑިޕެންޑެންޓު ކޭސްތައް، ބޮޑެތި ކްލަސްޓާތަކާއި ގުޅުމެއް ވޭތޯ ބަލަނީ!

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޑރ. އިބްރާހިމް އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ކުޑަ ކްލަސްޓާތަކާއި، އިންޑިޕެންޑެންޓު ކޭސްތައް ހިމެނޭއިރު އެ މީހުންނާއި ބޮޑެތި ކްލަސްޓާތަކާއި އެއްވެސް ގޮތަކުން ލިންކުވޭތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ހުރި ކޭސްތަކަށް ބަލާއިރު ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 27 އިންސައްތަ މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ފެނުނު ކޭސްތަކުގެ ތެރޭގައި އިންޑިޕެންޑެންޓު 82 މީހެއް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޕެންޑެންޓު ކޭސްތައް މަދު ވީ ނަމަވެސް، މަދުމަދުން ފެންނަމުން ދާ ކޭސްތަކުން ވެސް ކްލަސްޓާއެއް އުފެދިދާނެތީ ކިހާވަރަކަށް ކޮންޓެކްޓްރޭސިން ވަރުގަދަ ކުރަންތޯ ސުވާލު ކުރުމުން ޑރ. އަފްޒަލް ވިދާޅުވީ އާއްމު ގޮތެއްގައި ކޮންޓެކްޓް ޓްރޭސިންއަށް 72 ގަޑިއިރު ބޭނުންވާނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮންމެ ދުވަހަކީ ވެސް އާ ކޭސްތަކެއް ފެންނަ ދުވަހެއް ކަމަށާއި، އެއަށްފަހު އަނެއްކާވެސް ސަމާލުކަމެއް ދެނީ އަލަށް ފެންނަމުން ދާ ކޭސްތަކަށް ކަމަށެވެ. އެހެން ނަމަވެސް ވަކި ހާއްސަ ޓީމަކުން އިންޑިޕެންޑެންޓު ކޭސްތަކަށް މަސައްކަތް ކުރަމުންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގައި އެ މީހަކު އެއްވެސް ކްލަސްޓާއަކާއި ގުޅޭނެ މަގެއް ހުރިތޯ ބަލާ ކަމަށާއި، ބައެއް ފަހަރު އެއްވެސް ގުޅުމެއް ނެތި ކޭސްއެއް އަންނަ ފަހަރު ވެސް އަންނަ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގައި ލިންކެއް ނުފެނުނު ނަމަވެސް، އެއް ހިސާބުގަނޑަކުން ކޭސްއެއް އުޅެދާނެ ކަމަށެވެ. އެހެންކަމުން ޖިއޯގްރަފިކަލީ އެގޮތަށް ކްލަސްޓާއެއް ހުރިތޯ ބެލުމުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައި ކުރިޔަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

“އެހިސާބުގަނޑުގައި އުޅޭތީ، އޭނާއަށް ނޭނގި މީހެއްގެ ފަރާތުން ވެސް ބަލި އޭނާއަށް އެރުމުގެ ފުރުސަތު އޮންނާނެ. އެހެން ވީމަ ވަކި ވަކި އޭރިއާތަކަށް ނިސްބަތްވާ ގޮތަށް، އިންޑިޕެންޑެންޓު ކޭސްތައް، ކްލަސްޓާ ކުރުމުގެ ހިޔާލެއްގައި މިހާރު މި ކުރިޔަށް ގެންދަނީ.” ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ ކުޑަ ކްލަސްޓާތަކަށް ބަލާއިރު ވެސް 468 ކްލަސްޓާ ހިމެނޭ ކަމަށެވެ. އެހެން ކަމުން މި ކަލްސްޓާތަކުގެ މަސައްކަތް ވެސް އިންޑިޕެންޑެންޓް ކޭސްތަކަށް އެޓެންޑު ކުރާގޮތަށް މަސައްކަތް ކުރިޔަށް ގެންދެވޭކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ބޮޑަށް ބިނާ ވަނީ އެ މީހާ ދޭ މައުލޫމާތެއްގެ މައްޗަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ އަލުން ކޭސްތަކަށް ގުޅައިގެން މައުލޫމާތު ސާފުކޮށް އެ މީހުންނާއި ބޮޑު ކްލަސްޓާއަކާއި ގުޅުމެއް ވޭތޯ ބެލުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލޭގައި ކޮވިޑު ފެތުރެން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި އެ މަހުގެ 15 ވަނަ ދުވަހު އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ބަލި މިއަދާއި ހަމައަށް ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 1,841 އަށް އަރައެވެ. އަދި ބަލީގައި 07 މީހަކު ވަނީ ނިޔާވެފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 608 މީހަކު އެކީ ރަނގަޅުވެފައިވާއިރު، މިވަގުތު ކޮވިޑަށް ފަރުވާ ދެމުން ދަނީ 1،224 މީހަކަށެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: