ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިޓިކަލް ކެއަރ ޓްރެއިނިން ޕްރޮގްރާމްތައް އަދިވެސް ކުރިއަށްގެންދަން ބޭނުން: ޑޮކްޓަރުން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިޓިކަލް ކެއަރ ޓްރެއިނިންގ ޕްރޮގްރާމްތައް އަދިވެސް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ފުރަބަންދަށް ލުއިތައް ދެވުމާއެކު އަނެއްކާވެސް ޓްރެއިނިންގތައް ފަށަން ބެނުންވާ ކަމަށް ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ އަލީ ވިދާޅުވީ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް ކުރަން ފެށި މަސައްކަތުގެ ތެރެއިން 3 ކަމެއް ފާހަގަވިކަމަށެވެ. އެގޮތުން ކްރިޓިކަލް ކެއަރ އިކުއިޕްމަންޓްސް އެކަށީގެންވާ ވަރަށް ނެތުމާއި، ބޭނުންވާ މިންވަރަށް އޮކްސިޖަން ނުއުފެއްދުމާއި، ކްރިޓިކަލް ކެއަރގައި އިންސާނީ ވަސީލަތްވެސް ވަރަށް މަދުކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މިދުވަސްކޮޅަކީ ކްރިޓިކަލް ކެއަރގައި މަސައްކަތްކުރާ ބޭފުޅުންނަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްކޮޅަކަށްވުމުން އެއްވެސް ގައުމަކުން މިފަދަ މީހުން ރެކްރޫޓްކޮށްގެން ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މަގްސަދަކަށްވީ ރާއްޖޭގައި ތިބި ޑޮކްޓަރުން އެކަމަށް ތަމްރީންކުރުވުން ކަމަށް ވިދާޅުވިއެވެ.

ކްރިޓިކަލް ކެއަރ ޓްރެއިނިންގ ޕްރޮގްރާމް ތަކަކީ ވަރަށް ދިގު މުއްދަތަކުން ނޫނީ ފުރިހަމަ ނުކުރެވޭފަދަ ޕްރޮގްރާމެއް. އެކަމަކު، މިދުވަސްވަރުގެ ހާލަތަށް ބަލައި، އޭޑީކޭ އަދި އައިޖީއެމްއެޗްގެ ބޮޑު ޓީމެއް އެކުވެގެން މިކަން މިކުރިއަށް ގެންދިޔައީ.” ޑރ. މޫސާ ހުސެއިން

މީގެ އިތުރަށް ފަސް ރީޖަނަކުން ޑޮކްޓަރުން މާލެ ގެނެސް އަމަލީ ގޮތުން މިމަސައްކަތްތަކުގައި ބައިވެރިކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ހޮސްޕިޓަލުގެ އިތުރަށް ކަރަންޓިން ފެސިލިޓީތަކުގައިވެސް މަސައްކަތް ކުރުމުގެ ތަޖުރިބާ ފޯރުކޮށްދީފައިވާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ލޮކްޑައުން ތެރޭގައި އޮންލައިންކޮށްވެސް އެކި ރަށްރަށުގައި ތިބި 78 މީހަކަށް ކްރިޓިކަލް ކެއަރ ޓްރެއިނިންގ ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. ކްރިޓިކަލް ކެއަރ ޓްރެއިނިންގއަކީ ހަމައެކަނި އޮންލައިން ޕްރޮގްރާމަކަުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ފުރަބަންދަށް ދިޔުމުގެ ކުރިންވެސް އެކި ރަށްރަށުން މާލެއަށް މީހުން ގެނެސްގެން އެތަމްރީން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އެކި ގޮތްގޮތުން ޖުމްލަ 600އެއްހާ ޑޮކްޓަރުންނާއި، ނަރުހުން އަދި ސިއްހީ ޚިދުމަތްތެރިން ތަމްރީންކުރެވިފަުއވާ ކަމަށް ވިދާޅުވިއެވެ.

އެކި ރަށްރަށުން 11 މީހަކު ގެނެސްގެން ކޮވިޑް-19ގެ ޕޭޝަންޓުންނާއި މުއާމަލާތް ކުރާނެގޮތް ކިޔާދީ، އަމަލީ ގޮތުން އެމަސައްކަތުގައި ބައިވެރިކޮށްފައިވާނެ. މީގެ ބޭނުމަކީ އަތޮޅުތެެރެއިން ކޮވިޑް-19ގެ ޕޭޝަންޓެއް ފެނިއްޖެނަމަ ޖެހިލުންވުމެއް ނެތި ޕޭޝަންޓަށް އެޓެންޑްކުރަން ކެރުން” ޑރ. މުހައްމަދު އަލީ

ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުން ކްރިޓިކަލް ކެއަރ ޓްރެއިނިންގއަށް ތަމްރީން ކުރުމުގައި ރާއްޖެއިން ބޭރުގެ ސިއްހީ މާހިރުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ސައުތު އެފްރިކާ އަދި ޔޫއެސްއޭގެ ސިއްހީ ތަޖުރިބާކާރުން މިތަމްރީން ޕްރޮގްރާމްތަކުގައި ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: