ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12 ގަޑިއިރު ތެރޭ 21،000 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފި

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

12 ގަޑއިރު ތެރޭ ވަކި ވަކި ފަރުދުންނަށް 21،000އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައިވާކަމަށް ޕޮލސް ކޮމިޝަނަރ ވިދާޅުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ސީޕީ ހަމީދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ ހުއްދައިގެ ދަށުން ޖުމްލަ 21،653 މީހަކަށް ޕޮލިސް ޕަރމިޓް ދޫކޮށްފައިވާ ކަމަށެވެ. އަދި މުޅިން އަލަށް މަގުމައްޗަށް ނުކުތުމުގެ ހުއްދަ 11،826 މީހަކަށް ދޫކުރެވިފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ދުވާލަކު އެތައް ބަޔަކަށް އެކި ބޭނުންތަކުގައި ހުއްދަ ދޫކުރަމުންދާއިރު، ޒަރޫރީ ކުއްލި ބޭނުންތަކަށް ބޭނުންވާ ހުއްދަ ނުލިބޭކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައިވާއިރު ގެއަކުން ތިން މީހުންނަށް ޕޮލިސް ޕަރމިޓްގެ ދަށުން ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުރިން އެއްގަޑިއިރަށް ބޭރަށް ނުކުތުމަށް ހުއްދަ ދެމުން އައިނަމަވެސް، މިހާރު އެވަގުތު ދެގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރަށް، އުމުރުން ދުވަސްވީ މީހުންނަށް، ކޮންމެ ދުވަހެއްގެ ފަތިހުު 05:00އިން ފެށިގެން ހެނދުނު 08:00އާއި ހަމައަށް ކަސްރަތުކުރުމަށް ބޭރަށް ނުކުމެ އުޅުމަށް ވަނީ ހުއްދަ ދޫކުރަން ފަށާފައެވެ.

މާލެ ސިޓީ ލޮކްޑައުންކޮށްފައިވާތާ ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ލޮކްޑައުންގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރާނީ ފިޔަވަޅުތަކަކަށް ބަހާލައިގެންކަމަަށް އެންއީއޯސީއިން ހާމަކުރެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: