ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ފުރުވާލި އިންޑިޔާ މީހުންގެ އަދަދު 2000އިން މައްޗަށް!

އިންޑިޔާ ރައްޔިތުން އެގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އިންޑިޔާ ހައި ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގައި ދިރިއުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވިފައިވާ ކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އންޑިޔާ ހައި ކޮމިޝަނުން ކޮސްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އިއްޔެ ފޮނުވާލެވުނު މީހުންނާއެކު، އިންޑިޔާއަށް ފޮނުވާލެވުނު މީޙުންގެ އަދަދު 2000އަށް އަރާފައއިވަ ކަމަށެވެ. އިއްޔެގެ ވަގުތެއްގައި އިންޑިގޯ އެއާލައިންގެ ޗާޓާޑް ފްލައިޓެއްގައި އިންޑިޔާގެ ބައެއް މީހުން ވަނީ ފޮނުވާލާފައެވެ.

މީގެ އިތުރަށް މިއަދުގެ ވަގުތެއްގައި އިތުރު 700 މީހުން އިންޑިޔާއަށް ފުރާނެއެވެ. އެމީހުން ފުރާގޮތަށް ހަމަޖެހިފައިވަނީ އިންޑިޔާގެ އަސްކަރީ މަނަވަރު ޖަލަޝްވާގައެވެ. މިމަނަވަރު ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިމަނަވަރުގައި މީހުން ފުރުވާލުމާއެކު ރާއްޖެއިން އިންޑިޔާއަށް ފުރުވާލެވުނު މީހުންގެ އަދަދު 2700އަށް އަރާނެއެވެ. މިމަނަވަރުގައި މީހުން ގެންދިޔުމަށްް ހަމަޖެހިފައިވަނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރަށެވެ.

އިންޑިޔާ ހައި ކޮމިޝަނުން ވަނީ އިންޑިޔާގެެ ރައްޔިތުން، އެގައުމަށް ފުރުވާލުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ހުއްދަ ލިޔެކިޔުންތައް ނެތި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ހިސާބުން ބިދޭސީންގެ މެދުގައި ބަލި ބޮޑަށް ފެތުރެދާނެކަމުގެ ބިރު އޮތީ ހީވެފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ހުއްދަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މީގެ މަސްތަކެއް ކުރިން ވަނީ ކުރަން ފަށާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: