ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އަދި ހުޅުމާލެ ޖަލުގެ އެލާޓް ލެވެލް ދަށްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް/ ފޮޓޯ: މޯލްޑިވްސް ކަރެކްޗަނަލް ސަރވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން މާލެ އަދި ހުޅުމާލެ ޖަލުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް އެލާޓް ލެވެލް ދަށްކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކޮށްފައިވާ ޓުވީޓެއްގައި ވަނީ ފުރ ބަންދުގައި ޖަލުގައި ލޮކްޑައުންވެގެން ތިބެގެން ޖަލު އޮފިސަރުން ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. ކޮވިޑް-19އާއި ގުޅިގެން އާންމުކޮށްފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކާއެކު ޖަލު އޮފިސަރުން ވަނީ ފަންސާސް ދުވަސްވަންދެން އާއިލާތަކާއި ދުރުގައި މަސައްކަތްކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަް ސާވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޖަލުގައި ތިބި ގައިދީންނާި ބަންދުގައި ތިބި މީހުންގެ އިތުރަށް މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފެށޭނެކަމަށް ކަރެކްޗަންސްއިން ބުނެއެވެ. އަދި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފެށިގެންދާއިރު، ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެއެވެ. އެހެންނަމަވެސް، ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހެއް ފެނިއްޖެނަމަ ނުވަތަ އެރަށެއް މޮނީޓަރިންގ ހާލަތަށް ގެނެވިއްޖެނަމަ، ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، ޖަލުގެ އެލަރޓް ލެވެލް އަށް ބަދަލުގެނެވި ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ޖަލުގައި ތިބި ގައިދީންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް އަޅަމުންދާ ގިނަ ފިޔަވަޅުތައް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެކަމަށް ކަރެކްޗަންސްއިން ވަނީ ބުނެފައެވެ. ޚާއްސަކޮށް އަތް ދޮވުމާއި ޑިސްއިންފެކްޓްކުރުމަށާއި ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި،  ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތައް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކުރުމާއި، އެފަދަ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ހަމަޖައްސާފައިވާ ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ. އަދި ގައިދީންނާއި ބަންދުމީހުންނަށް ޝަކުވާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހުރިހާ މަރުހަލާއެއްގައިވެސް ކުރިއަށް ދާނެކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19އަށް ޓެސްޓުކުރުމަށް މާކެ ޖަލުންނާއި، އައްސޭރި ޖަލުން އަދި ހުޅުމާލެޖަލުން ރެންޑަމްކޮށް ނެގި ހުރިހާ ސާމްޕަލްއެއްވަނީ ނެގެޓިވްވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: